ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 30/A/1/2015/22
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 11:13
ސުންގަޑި: 26 ފެބުރުވަރީ 2015 15:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމު: ސީނިއަރ ލީގަލް އޮފިސަރ

ބޭނުންވާ އަދަދު: 1

މުސާރަ:

މަހަކު -/12460 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/3600 ރ.

މަސައްކަތް ކުރަންޖެހޭ ތަން:

 މާލެ، މިނިސްޓްރީ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މުސާރައިގެ %35

ކްލެސިފިކޭޝަން:

ލީގަލް ސަރވިސް ޕްރޮފެޝަނަލްސް

ރޭންކް:

CS11-2

އޮފީސް:

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން:

ޕޮލިސީ އެންޑް ކޯޑިނޭޝަން ސެކްޝަން/ ލީގަލް ސަރވިސަސް      

މަޤާމުގެ ޝަރުޠު:

 

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ލީގަލް ޔުނިޓްގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
  • މިނިސްޓްރީގެ ފަރާތުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ޤާނޫނާއި އޭގެ ދަށުން ހަދަންޖެހޭ ޤަވާޢިދުތައް ހަދައި، އިޞްލާޙް ކުރުމުގެ މަސައްކަތް ކުރުން.
  • މަސްވެރިކަމާއި ދަނޑުވެރިކަމާއި ގުޅުންހުރި ކަންތައްތަކުގައި ޤާނޫނީ ލަފާ ދިނުން.
  • މިނިސްޓްރީގައި ހަދައިފައިވާ އެކިއެކި އެއްބަސްވުންތަކަށް ޤާނޫނީ ލަފާ ދިނުން.
  • މިނިސްޓްރީއަށް ހުށަހެޅޭ ތަފާތު މައްސަލަތައް ބަލައި، ދިރާސާކޮށް ދައުލަތުން މިނިސްޓްރީގެ ފަރާތުން ދާ މައްސަލަ ތަކުގައި ކޯޓަށް ދިއުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި، ތަމްރީން
  • ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރި މިންވަރު
  • މި މިނިސްޓްރީގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު
  • ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރި މިންވަރު
  • ދަޢުލަތު މާލިއްޔަތު ޤަވާޢިދަށް އަހުލުވެރި މިންވަރު

މަޤާމު:  އެޑްމިނިސްޓްރޭޓިވް އޮފިސަރ                                       

ބޭނުންވާ އަދަދު: 1

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރ.

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ.އެސް. 3

މަސައްކަތްކުރަންޖެހޭތަން:

މާލެ/ ހުޅުލެ

ސްޕެޝަލް ޑިއުޓީ: އެލަވަންސް

މުސާރައިގެ %35

އޮފީސް:

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން:

ޕްލާންޓް އެންޑް އެނިމަލް ހެލްތު ސަރވިސަސް

މަޤާމުގެ ޝަރުޠު:

 

  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޔުނިޓްގައި ކުރަންޖެހޭ އެންމެހާ އިދާރީ  ކަންތައްތަކުގައި އެހީތެރިވުން.
  • ކަރަންޓީން ކުރުމުގެ ގޮތުން ގެނެވޭ ތަކެތި ރަޖިސްޓްރީކޮށް ރެކޯޑްތައް ބެލެހެއްޓުން.
  • ކަރަންޓީން އޮފިސަރުންގެ ޑިއުޓީ ނަގަންޖެހޭ ޙާލަތްތަކުގެ ޑިއުޓީ އަދާ ކުރުން.
  • ކަރަންޓީން ޔުނިޓަށް ޑިއުޓީ އުޞޫލުން ނިކުންނަ މުވައްޒަފުންގެ ރެކޯރޑްތައް ބެލެހެއްޓުން

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާތަޢުލީމާއި، ތަމްރީން
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • ސިވިލް ސާރވިސް ޤަވާއިދަށް އަހުލުވެރި މިންވަރު.
ޢިނާޔަތްތައް

ސިވިލް ސާރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް
  • ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ) ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  • މަސައްކަތު ތަޖުރިބާ ލިބިފައިވާނަމަ، މަސައްކަތު ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުން.
  • ސިވލް ސަރވިސް އަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާއިމެދު އިޢުތިރާޟެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

މަތީގައިވާ މަގާމުތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ސޯޓް ލިސްޓް ކުރެވޭ ފަރާތަކަށެވެ.

މަޤާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާނު ކުރުން

މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނުކުރުން ، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.

ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 26 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށްއެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv އިންނެވެ.

އިތުރު މަޢްލޫމާތު ހޯއްދެވުމަށް 3339244 އާ ގުޅުއްވުން އެދެމެވެ.

17 ފެބުރުވަރީ 2015