ދެންނެވުން
ނަންބަރު: (IUL)182-FRP/182/2023/6
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 10:05
ސުންގަޑި:
31 އޮގަސްޓް 2023 00:00
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހިރާއްޖެއަށް އެތެރެކުރާ ކުޑަކުދިންގެ ކާނާ ރަޖިސްޓްރީ ކުރުމުގެ ޢަމަލު ކުރަމުންދާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ
"ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ ދަށުން ޤަވާޢިދުގައި ބަޔާންކުރާ 'ކަނޑައެޅިފައިވާ އުފެއްދުންތައް' ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދެމުންދަނީ މި އޮތޯރިޓީގައި ރަޖިސްޓްރީ ކުރުމަށްފަހުއެވެ. މިގޮތުން ދިވެހިރާއްޖެއަށް އެތެރެކުރާ ކުޑަކުދިންގެ ކާބޯތަކެތީގެ ނިޒާމު ހަރުދަނާ ކުރުމަށް އެ އުފެއްދުންތައް ރަޖިސްޓްރީ ކުރުމުގައި ތިރީގައިވާ ބަދަލުތައް ގެނައުމަށް ވަނީ ނިންމާފައެވެ.
- ދިވެހިރާއްޖޭގައި އުފެއްދުމެއް އަލަށް ރަޖިސްޓްރީ ކުރުމަށް ޢަމަލުކުރާނީ މިހާރުވެސް ޢަމަލު ކުރަމުންދާ ގޮތަށެވެ. މި ގޮތުން މި ޕްރޮސަސް ކުރިޔަށް ދާނީ މި އޮތޯރިޓީގެ ދިރިތި ޕޯޓަލް މެދުވެރި ކޮށެވެ.
- އަލަށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ އުފެއްދުމެއް ރަޖިސްޓްރީވުމުން، އެ އުފެއްދުން ރަޖިސްޓްރީ ކުރި މުއްދަތުން ފެށިގެން އެއް އަހަރު ހަމަ ނުވާ އުފެއްދުންތައް އެހެން ފަރާތަކަށް ރަޖިސްޓްރީ ކުރެވޭނީ، އަލަށް ރަޖިސްޓްރީ ކުރާފަރާތެކޭ އެއްގޮތަށް އެ އުފެއްދުމަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ފުރިހަމަ ކުރުމުންނެވެ.
- އަލަށް ރަޖިސްޓްރީކޮށް އެއް އަހަރުވެފައި ވާ އުފެއްދުމެއްނަމަ، ރަޖިސްޓްރީ ކުރިފަރާތް ނޫން އެހެން ފަރާތަކުން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާނީ ކުރިއެކޭ ވެސް އެއްގަތަށް އެފަރާތުން ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ލޭބަލް އެޕްރޫވްކުރުމަށް ފަހުއެވެ.
ވީމާ، މިއަދުންފެށިގެން މިފަދަ އުފެއްދުންތައް ރަޖިސްޓްރީ ކުރުމުގައި ޢަމަލުކުރާނީ މަތީގައި ދަންނަވާފައިވާ ގޮތަށްކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.
29 މުޙައްރަމު 1445ހ.
16 އޮގަސްޓު 2023މ.
16 އޮގަސްޓް 2023