ދިވެހިރާއްޖެ
" ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓަރ 2023 " ގެ ސްޕޮންސަރޝިޕް ހުޅުވައިލުން:
ބ.ގޮއިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ފަޅުތެރޭގެ ތިން ރަށަށް (ބ.ގޮއިދޫ، ފެހެންދޫ،ފުޅަދޫ) އަމާޒުކޮށްގެން 13 އޮކްޓޯބަރ 2023 ވާ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ " ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓަރ 2023 " އަންހެން/ ފިރިހެން ފުޓްސަލް މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. އެގޮތުން ތިރީގައިވާ ކެޓަގަރީތަކަށް ސްޕޮންސަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ސްޕޮންސަރ ދިނުމަށް އެދި ހުށަހަޅާ ފޯމް ފުރުއްވުމަށްފަހު [email protected] މެއިލްއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މި އިޢުލާނާއިއެކު ސްޕޮންސަރ ކުރުމަށް އެދި ހުށަހަޅާ ފޯމް އެއްކަރުދާސްކުރެވިފައިވާނެއެވެ.
ކެޓަގަރީތައް:
1 |
މެއިންސްޕޮންސަރ |
މަދުވެގެން 30،000.00 |
2 |
މުބާރާތުގެ ކޯސްޕޮންސަރ |
މަދުވެގެން 10،000.00 |
3 |
އޮފިޝަލް ޑްރިންކްސްގެ ސްޕޮންސަރ |
މަދުވެގެން 5،000.00 |
4 |
މުބާރާތުގެ އެހެނިހެން ސްޕޮންސަރ |
މަދުވެގެން 1،000.00 |
އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :
ފޯންނަމްބަރ : 6600005
އީމެއިލް އެޑްރެސް : [email protected]
މިހެންވެ މިކަން ޢާމުކޮށް އަންގާ އިޢުލާން ކުރީމެވެ.