ދިވެހިރާއްޖެ
އެމެންޑްމަންޓް-1
އިއުލާން ނަންބަރު |
MNU-CA-PAMD/2023/99 |
އިއުލާނުގެ ތާރީޚް |
7 އޯގަސްޓް 2023 |
ބީލަމުގެ ނަން |
ފެކަލްޓީ އޮފް ހެލްތު ސައެންސަސްގެ ފާރމަސީ ލެބަށް ބޭނުންވާ އިކުއިޕްމަންޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން |
1. މި ޔުނިވަރސިޓީން 7 އޯގަސްޓް 2023 ގައި ކުރި MNU-CA-PAMD/2023/99 ނަންބަރު އިއުލާނަށް ތިރީގައި މިދަންނަވާ ބައި ވަނީ އިތުރު ކުރެވިފައެވެ.
މި އިއުލާނާ ގުޅިގެން ހުށަހަޅާ ބީލަމާއެކު 6,250.00 (ހަ ހާސް ދުއިސައްތަ ފަންސާސް) ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭނެއެވެ. (ބިޑް ސެކިއުރިޓީގެ މިންގަނޑު، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާނެއެވެ. އަދި ބިޑް ސެކިއުރިޓީގެ ފޯމެޓް މައުލޫމާތު ޝީޓްގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާނެއެވެ.
2. މައުލޫމާތު ކަރުދާހުގެ "ސެކްޝަން-1: ބީލަމާގުޅޭ އާންމު މައުލޫމާތު" އަށް ތިރީގައި އެވާ ބައި ވަނީ އިތުރު ކުރެވިފައެވެ.
ބިޑް ސެކިއުރިޓީގެ ޢަދަދު: 6,250.00 ރުފިޔާ (ބީލަމާއެކު ހުށަހެޅުމަށް ލާޒިމްވާ)
ޕާފޯމަންސް ގެރެންޓީގެ ޢަދަދު: ކޮންޓްރެކްޓް ވެލިއުގެ 5% (ކޮންޓްރެކްޓްގައި ސޮއިކުރުމުގެ މަރުހަލާގައި އެންގުމުން ހުށަހެޅުމަށް)
3. މީގެ އިތުރުން ބީލަން ހުށަހަޅާ ތާރީޚް ތިރީގައި ބަޔާންކޮށްފައިވާ ފަދައިން ވަނީ ބަދަލު ކުރެވިފައެވެ.
ބީލަން ހުށަހެޅުން އޮންނާނީ 22 އޯގަސްޓް 2023 ވަނަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ.
މިހެންވެ، މައުލޫމާތަށްޓަކާ މިވާހަކަ ދެންނެވީމެވެ.