ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)475/475/2023/163
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި: 22 އޮގަސްޓް 2023 12:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ފައިނޭންސް އޮފިސަރ

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

 

އިއުލާން ނަމްބަރު:(IUL)475/475/2023/163

ވަޒީފާގެ ފުރުސަތު

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަމުންދާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު'  ޕްރޮޖެކްޓަށް ފައިނޭންސް އޮފިސަރ މަޤާމަށް މީހަކު ހޯދަން  ބޭނުންވެޖެއެވެ.

މަޤާމް: ފައިނޭންސް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

 

ފެންވަރު ނުވަތަ ޝަރުތު:

މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މުސާރަ ކަނޑައެޅިފައިވާ ގޮތް އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު  ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް  3026982/3026975 އަށް ގުޅުއްވުން އެދެމެވެ.

 

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 އޯގަސްޓް 2023 ގެ މެންދުރު 12:00  ގެ ކުރިން، އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް، ތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް/އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

ހުށަހަޅުއްވާއެޕްލިކޭޝަން އާއިއެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތަށް.

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
  2. ސީ.ވީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ
  4. ވެލިޑޭޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ )ވެލިޑޭޓް ކުރެވިފައިވާ(

 

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

އުމަރު ޒާހިރު ބިލްޑިން،5 ވަނަ ފަންގިފިލާ

އީމެއިލް : [email protected]  ފޯން: 3026975/3026982

 

މަޤާމަށް ހޮވުން:  - މި މަޤާމަށް ހޮވޭނީ ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު އިންޓަރވިއުއިން ފާސްވާ ފަރާތެކެވެ. މި މަޤާމަށް ބޭފުޅަކު ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖޫން 2016 " ގައި ވާ ގޮތުގެ މަތިންނެވެ.

                        

 

 

15 އޮގަސްޓް 2023