ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)267/267/2023/59
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 23 އޮގަސްޓް 2023 13:30
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުމުންދޫ ކައުންސިލުގެ އިދާރާ އަށް ބޭއްނުންވާ އޮފީސް ފަރުނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ކުމުންދޫ ކައުންސިލުގެ އިދާރާ އަށް ބޭއްނުންވާ އޮފީސް ފަރުނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވިމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން އަންދާސީ ހިސާބު، ހުށަހެޅުއްވުން އެދެމެވެ.

                   އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 20 އޮގަސްޓް 2023 (އާދިއްތަ) ދުވަހުގެ  10:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން، ނުވަތަ މިއިދާރާގެ ނަމްބަރ 6520034 އަށް ގުޅުއްވައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކުން ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށް އެދެމެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް އީމެއިލް ކުރެވޭނެއެވެ.

ލިންކް: https://forms.office.com/r/aur9z0E7ZN

 

ތަފްސީލް

ތާރީޚް

ގަޑި

ރަޖިސްޓަރ ވުމުގެ ސުން ގަޑި

20 އޮގަސްޓް 2023 (އާދިއްތަ)

10:00

އަންދާސީ ހިސާބު ހުށަހެޅުން

23 އޮގަސްޓް 2023 (ބުދަ)

13:00

                    

                 އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުމުންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބް ހުށަހެޅުމުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

                   މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

15 އޮގަސްޓް 2023