މަސައްކަތް
ނަންބަރު: ADMHR-MPL/2015/25
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:27
ސުންގަޑި: 24 ފެބުރުވަރީ 2015 11:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ސްޓޫޑިއޯ ސެޓްއަޕް ހައްދަވައިދެއްވާނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މިކުންފުނީގެ ހުޅުމާލެ ޕޯސްޓް ޝޮޕްގައި ޕާސްޕޯޓް ފޮޓޯގެ ޚިދުމަތް ފެށުމަށް ބޭނުންވާ ސްޓޫޑިއޯ ސެޓްއަޕް ހައްދަވައިދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 24 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް ޕޯސްޓް ބިލްޑިންގގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 01 މާރިޗު 2015ވާ އާދީއްތަ ދުވަހުގެ 11:00އަށް، 5 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ވަޑައިގެން ނަންނޯޓު ކުރައްވާ ފަރާތްތަކަށެވެ.

މިއިޢުލާން ޝާއިޢު ކުރުމުން މިކުންފުނިން 09 ފެބުރުވަރީ 2015ގައި ކޮށްފައިވާ ނަަންބަރު: ADMHR-MPL/2015/18 ގެ އިޢުލާން ބާޠިލު ކޮށްފީމެވެ.                    

29 ރަބީޢުލްއާޚިރު 1436

19 ފެބުރުވަރީ 2015