ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)240-PMD/240/2023/53
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 15:21
ސުންގަޑި: 28 އޮގަސްޓް 2023 12:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ

މި އަތޮޅު ޕްރީސްކޫލްތަކުން ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް ޕްރީސްކޫލްތަކުގެ ވަސީލަތްތައް ފުރިހަމަ ކުރުމުގެ މަޤްޞަދުގައި ހައްދުންމަތީ އަތޮޅު ކައުންސިލާއި، އަތޮޅު ރަށްރަށުގެ ރަށު ކައުންސިލްތަކާއި، އަތޮޅުގެ ޕްރީސްކޫލްތައް ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިން ޕްރީސްކޫލްތަކުގައި ފުރިހަމަ ކުރަން ހުރި ކަންކަމަށް އެހީތެރިވުމުގެ ޕްރޮގްރާމް މި އަހަރު ވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ވީމާ، ޕްރީސްކޫލްތަކުގައި ހިންގަން ބޭނުންވާ ދަރިވަރުންގެ ކިޔެވުމާއި ގުޅޭ ކަންކަން ރަނގަޅުކުރުމަށް ރާވާ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅަން ބޭނުންވާ މި އަތޮޅުގެ ޕްރީސްކޫލްތަކުން، އެހީއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް، ޕްރޮޕޯސަލް އާއިއެކު 2023 އޮގަސްޓް 28 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. އެހީއަށް އެދި ހުށަހަޅާ ފޯމް މި އިއުލާނާއި އެކު އާންމުކުރީމެވެ.

13 އޮގަސްޓް 2023