ދިވެހިރާއްޖެ
ކޮންސަލްޓެންޓެއް ނުވަތަ ކޮންސަލްޓެންޓް ޓީމެއް ހޭދުމަށް.
ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓަކީ ފަތުރުވެރިކަމުގެ ޞިނާޢަތް ތިމާވެށްޓާއި ރަޙުމަތްތެރި، އަދި މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ގެއްލުންތަކަށް ރައްކާތެރި ޞިނާޢަތަކަށް ހެދުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ. މިގޮތުން މި ޕްރޮޖެކުޓުން 15 މާރިޗު 2015 ގައި ބާއްވަން ހަމަޖެހިފައިވާ "ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން އިންވެސްޓްމެންޓް ފޯރަމް" އިންތިޒާމުކޮށް ރޭވުމަށްޓަކައި، އެ ފޯރަމަށް ފެސިލިޓޭޓަރެއް ހޯދުމަށްކުރި މި މނިސްޓްރީގެ ނަންބަރު: IUL)88-IIHR/1/2015/1) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް ޕްރޮޕޯޒަލް ހުށަހަޅާފައިނެތުމުން، އެ އިޢުލާނު ބާޠިލުކޮށް އަލުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ 12:00 އަށް މިމަސައްކަތާ ގުޅޭ ޓާރމްސް އޮފް ރިފަރެންސްގައިވާގޮތަށް މިމިނިސްޓްރީ އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ޓާރމްސް އޮފް ރިފަރެންސް މިނިސްޓްރީއާއި މިނިސްޓްރީގެ ވެބްސައިޓުwww.tourism.gov.mvއިން ލިބެން ހުންނާނެއެވެ.
ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
މިނިސްޓްރީ އޮފް ޓޫރިޒަމް
ހ. ވެލާނާގެ ، 5 ވަނަފަންގިފިލާ
އަމީރުއަޙުމަދުމަގު، މާލެ، ދިވެހިރާއްޖެ
ޓެލެފޯން: 00 30222 ، ފެކްސް 2512 332
އީ-މެއިލް: [email protected]
ވެބްސައިޓް:www.tourism.gov.mv