ތަމްރީނު
ނަންބަރު: (IUL)160-AS/1/2023/31
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި: 21 އޮގަސްޓް 2023 13:30
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން ރ.އުނގޫފާރު އިސްލާމިކް ސެންޓަރުގައި، 2023 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި ކޯސްތައް ފެށުމަށް

   

  ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން ރ.އުނގޫފާރު އިސްލާމިކް ސެންޓަރުގައި، 2023 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރ ގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

 

ޤިރާއަތު ސެޓްފިކެޓް 1

ޝަރުޠު: 

  1. ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:  8 ހަފްތާ

ޖާގަ:         30 ޖާގަ

 

ޤިރާއަތު ސެޓްފިކެޓް 2

ޝަރުޠު: 

  1. ޤިރާއަތު ސެޓްފިކެޓް 1 ފުރިހަމަކޮށް ފާސްވެފައިވުން.
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:  1 ސެމިސްޓަރ

ޖާގަ:         30 ޖާގަ

 

 ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު 15 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުން ފެށިގެން މި މަރުކަޒުންނާއި، މަރުކަޒުގެ އުނގޫފާރު ގޮފިން ދޫކުރަމުން ގެންދާނެއެވެ. އަދި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) https://chq.gov.mv/wp-content/uploads/2019/03/Application-form-NCHQ.pdf ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 21 އޮގަސްޓް 2023 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު ރ.އުނގޫފާރު އިސްލާމިކް ސެންޓަރ އަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

މި ކޯސްތަކުގެ ދަރިވަރުނަށް ބަސްދީގަތުން އޮންނާނެ ތާރީޚެއް ފަހުން އަންގާނެ ވާހަކަ ދަންނަވަމެވެ.

14 އޮގަސްޓް 2023