ދިވެހިރާއްޖެ
އެސްޓީއޯ ޕލކގެ ހެޑްއޮފީސް ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މިކުންފުނިން ދޭ ކުރެހުން އަދި ބީއޯކިއު އާ އެއްގޮތަށް، އެސްޓީއޯ ޕލކގެ ހެޑްއޮފީސް ބޮޑުކުރުމުގެ ގޮތުން އަޅާ 4 ބުރީގެ އާ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތް: - މި ކުންފުނީގެ އެސްޓީއޯ ޕލކގެ ހެޑްއޮފީސް ބޮޑުކުރުމުގެ ގޮތުން އަޅާ 4 ބުރީގެ އާ އިމާރާތުގެ މަސައްކަތް
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީ ކުރުން: - ރަޖިސްޓަރީ ކުރަން ބޭނުންފުޅުވާ ބޭފުޅުން 2015 ފެބުރުވަރީ 25 ވާ ދުވަހުގެ 14:30 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.
ބީލަންކަރުދާސް ދޫކުރުން: - ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2015 ފެބުރުވަރީ 25 ވާ ދުވަހުގެ 16:00 ގެ ކުރިން އީމެއިލުންނެވެ.
މަޢުުލޫމާތު ދިނުން: - ރަޖިސްޓަރީ ކުރައްވައިފައިވާ އެންމެހައި ފަރާތްތަކަށް 2015 ފެބުރުވަރީ 26 ވަނަ ދުވަހުގެ 15:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑްއޮފީހުގައި އޮންނާނެއެވެ.
ސުވާލާއި ޖަވާބު: - ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 މާރިޗު 03 ވާ ދުވަހުގެ 15:00 ގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުވަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ބައްލަވައިގަނެފައިވާ ފަރާތްތަކަށްް 2015 މާރިޗު 10 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް : - ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2015 މާރިޗު 16 ވަނަ ދުވަހުގެ 14:00 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:
ފޯން: 3344196 ، 3344318
ފެކްސް: 3344633
އީމެއިލް: [email protected]