ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)310-CA/310/2023/39
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 13:03
ސުންގަޑި:
24 އޮގަސްޓް 2023 11:00
މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރ. މީދޫގެ އައުޓްޑޯ ޖިމް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް
ރ. މީދޫގެ އައުޓްޑޯ ޖިމް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް މި މަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.
- މި މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2023 އޮގަސްޓް 17 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގެ ކުރިން މި އިދާރާއަށް ނުވަތަ މިއިދާރާގެ އީމެއިލް މެދުވެރިކޮށް ބީލަން ހުށަހަޅާފަރާތުގެ މަޢުލޫމާތު (ކުންފުނި ނުވަތަ ވިޔަފާރީގެ ނަން،ފޯނު ނަންބަރު، އަދި މެއިލް އެޑްރެސް) މެއިލް ކޮށްގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް އަދި ބިޑް ފޯރމް ސޮފްޓް ކޮޕީ މެއިލް ކުރެވޭނެއެވެ.
- ބީލަމާއިގުޅިގެން މައުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެ ލައްވާނަމަ 2023 އޮގަސްޓް 17 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގެ ކުރިން މެއިލް ކޮށްދެއްވުން އެދެމެވެ.
- ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 24 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ ބިޑްތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ލިޔެވިފައި އޮންނަންވާނެއެވެ.
މަސައްކަތް ހަވާކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓްގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު [email protected] އިން ނުވަތަ ރަސްމީ ގަޑީގައި 6580020 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.
27 މުޙައްރަމް 1445
14 އޮގަސްޓް 2023
14 އޮގަސްޓް 2023