ވަޒީފާގެ ފުރުޞަތު
ނަންބަރު: 146-A1/2015/25
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:08
ސުންގަޑި: 05 މާރިޗު 2015 14:30
ފެމިލީ ކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން:

ފެމިލީކޯޓު / ޕްރޮކިއުމެންޓް ސެކްޝަން

ރޭންކް:

އެމް.އެސް 3

މުސާރަ:

7035.00 ރުފިޔާ

އެލަވަންސްތަކާއި ޢިނާޔަތްތައް:

- ސަރވިސް އެލަވަންސް: 2000.00 ރުފިޔާ.

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

- ލިވިންގ އެލަވަންސް: 2700.00 ރުފިޔާ.

- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު:

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ؛

- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިއުމާއެކު، އެމް.އެސް 2 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ކޯޓަށް ބޭނުންވާ ހުރިހާ ބާވަތެއްގެ މުދަލާއި ތަކެތި ހޯދުމުގެ މަސައްކަތް، ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް އިންތިޒާމްކޮށް ބެލެހެއްޓުން.

- ޕްރޮކިއުމަންޓް އެންޑް މެއިންޓެނަންސް ސެކްޝަނުގެ ކަންކަން ހިންގައި ބެލެހެއްޓުން.

- ސަޕޯޓް ސްޓާފުންގެ މަސައްކަތް ރާވައި ސްޕަވައިޒްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

- ދައުލަތުގެ މާލިއްޔަތު ޤާނޫނާއި، ޤަވާއިދާއި، ޕްރޮކިއުމަންޓުގެ އުޞޫލުތަކަށް އަހުލުވެރިވެފައިވާ މީހަކަށްވުން.

- މި ދާއިރާގެ ތަޖުރިބާ ހުރި މީހުންނަށް އިސްކަންދެވޭނެއެވެ.

- އެސް،އޭ،ޕީގެ އެމް،އެމް، މޮޑިއުލް ބޭނުންކުރަން އެނގޭ މީހެއްކަމުގައިވުން.

- އިންފޮމޭޝަން ޓެކްނޮލޮޖީއަށް އަހުލުވެރިވެ، އެކަމުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވުން.

- ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން.

- އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން.

- ދިވެހިބަހާއި، އިނގިރޭސީބަހުން މުޢާމަލާތުކުރުމުގެ ހުނަރު.

- އެޓިޓިއުޑް، ޓީމް ވަރކް، އިސްނެގުން.

ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓު www.familycourt.gov.mv ން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ.
  5. އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.

ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް، އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އެހެންކަމުން، އިންޓަވިއުއަށް ހޮވޭ މީހުން، އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

ސުންގަޑި:

5 މާރިޗު 2015 ގެ 14:30 ކުރިން.

އިތުރު މަޢުލޫމާތު:

- މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވޭނީ، ފެމިލީ ކޯޓުން ކަނޑައަޅާ އިންޓަވިއު ޕެނަލުގައި، މި މަޤާމުގެ ވާޖިބުތައް އަދާކޮށްދެވޭނެކަން ސާބިތުކޮށް ދިނުމުންނެވެ.

- މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން، މި މަޤާމްގެ ޝަރުޠު ފުރިހަމަނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމުތައް ކެންސަލްކުރެވޭނެއެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 20 އަށްވުރެ ގިނަވެއްޖެނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް، އިންޓަވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

27 ރަބީއުލްއާޚިރު 1436

 

 

17 ފެބުރުވަރީ 2015