ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މިނިސްޓްރީ އޮފް ހެލްތު
މާލެ، ދިވެހިރާއްޖެ
(IUL)182-Enf/182/2023/5 :ނަންބަރ
އެލާރޓް
ސަބްސްޓޭންޑަޑް (ތަޣައްޔަރު ވެފައިވާ) COLD OUT SYRUP އާއި ގުޅޭ
ކުޑަކުދިންނަށް ދޭ ސިރަޕްތަކުގައި، ސިއްހީ ނުރައްކަލަށް ހުށަހެޅިދާނެ މާއްދާއެއް ކަމަށްވާ، "diethylene glycol and ethylene glycol” ހިމެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެލާޓް ކޮށްފައިވާތީ، މީގެ ކުރިންވެސް މިއޮތޯރިޓީގެ ފަރާތުން ވާނީ 5 އެލާޓްއެއް ވަނީ ޕަބްލިޝް ކޮށްފައެވެ. އެލާޓްތަކުގެ ނަންބަރުތަކާއި ލިންކް ތިރީގައި އެވަނީއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެލާރޓް ނަންބަރު RPQ/REG/ISF/Alert N°6/2023 އިން ކުރެއްވި އިތުރު އެލާޓެއްގައި FOURRTS (INDIA) LABORATORIES PVT. LTD.,އިން އުފައްދާ DABILIFE PHARMA PVT. LTD.-INDIA އިން މާރކެޓް ކުރާ COLD OUT ގައިވެސް މަތީގައި ދެންނެވުނު މާއްދާ، ހުރި ކަމަށް ވަނީ ފާހަގަ ކުރައްވާފައެވެ. އިރާގުގައި ކުރި ލެބޯޓްރީ ތަހުލީލުތަކުން ދެންނެވިފައިވާ މާއްދާތައް Diethylene glycol (0.25%) and ethylene glycol (2.1%) ހުންނަންޖެހޭ މިންވަރަށް ވުރެ އިތުރަށް ހުރި ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.
މިއީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓް (އެޕްރޫވްޑް ޑްރަގް ލިސްޓް) ގައި ހިމެނޭ ބޭހެއް ނޫން ނަމަވެސް، ބޭސްސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯރޓް ވުމުގެ ފުރުސަތު އޮތްކަމަށް ވާތީ، މިކަމަށް ސަމާލުވުމަށް ދަންނަވަމެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސްސިޓީއަށް ރާއްޖެއަށް އިމްޕޯރޓް ކުރާ ބޭސް ހާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އިތުރު މައުލޫމާތު ބޭނުންވެލައްވާނަމަ، މިއޮތޯރިޓީގެ މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޝަންގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވުން އެދެމެވެ.