މަސައްކަތް
ނަންބަރު: MTDC/IUL /2015/CA-114
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:05
ސުންގަޑި: 26 ފެބުރުވަރީ 2015 15:30
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ.
ދިވެހިރާއްޖެ
ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މިކުންފުނީގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އިން 3:30 އާ ދެމެދު މިކުންފުނީގެ މައިއޮފީހަށް ވަޑައިގެން ނަންނޯޓުކުރެއްވުމަށްފަހު މަސައްކަތާބެހޭ މަޢުލޫމާތު ޝީޓު ގެންދެވުމަށްފަހު، 3 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00 ގެ ކުރިން ގ.ފަތުރުވެހި 1 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައިއޮފީހަށް ވަޑައިގެން އެކަމުގެ އަގު އެކުލެވޭ ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ހުޅުވުން އޮންނާނީ ޕްރޮޕޯޒަލްތައް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ހުރިހާ ފަރާތްތަކުގެ ހާޒިރުގައި، އެދުވަހުގެ ހެނދުނު 11:05 ގައެވެ. މިމަސައްކަތައް ޕްރޮޕޯޒަލް ހުށަހެޅުއްވޭނީ ކަނޑައެޅިފައިވާ ދުވަހު ނަންނޯޓު ކުރެއްވުމަށްފަހު މަސައްކަތާބެހޭ މަޢުލޫމާތު ފޯމު ގެންދަވާފައިވާ ފަރާތްތަކަށް އެކަންޏެވެ.

16 ފެބުރުވަރީ 2015