ދިވެހިރާއްޖެ
މި ހޮސްޕިޓަލުގައި ބޭނުންކުރާ މެޑިކަލް އޮކްސިޖަން ސިލިންޑަރ ހުސްފުޅި ގުދަނުން ނެރެގެން މާލެ ގެންގޮސް، ފިލްކުރުމަށްފަހު މާލެއިން ގެނެސް ގުދަންކޮށްދޭނެ ފަރާތެއް ހޯދުން.
މި ހޮސްޕިޓަލުގައި ބޭނުންކުރާ މެޑިކަލް އޮކްސިޖަން ސިލިންޑަރ ހުސްފުޅި ގުދަނުން ނެރެގެން މާލެ ގެންގޮސް ފިލްކުރުމަށްފަހު، މާލެއިން ގެނެސް ގުދަން ކޮށްދޭނޭ ފަރާތެއް ހޯދުމަށް 05 ފެބުރުވަރީ 2015 ގައި ކުރެވުނު ނަންބަރު: URH/IUL/2015/04 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ އެ އިޢުލާނު ބާޠިލުކުރުމަށްފަހު، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 14:00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 މާރިޗު 2015 ވަނަ ދުވަހުގެ 14:00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ކޮންމެ ބޭފުޅަކަށްވެސް މަޢުލޫމާތު ސާފުކުރެވޭނީ އެންމެ ފަރާތެއްގެ ނަމުގައެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
29 ރަބީޢުލްއާޚިރު 1436