ބީލަން
ނަންބަރު: (B)GS133/2023/01
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 22:51
ސުންގަޑި:
21 އޮގަސްޓް 2023 00:00
ކަމަދޫ މަދަރުސާ، ބ. ކަމަދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ް މުވައްޒަފުންގެ ފާޚާނާ މަރާމާތު ކުރުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ކަމަދޫ ސްކޫލުގެ ފާޚާނާތައް މަރާމާތުކުރުމުގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު، މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށައެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 އޮގަސްޓު 13 އިން 2023 އޮގަސްޓް 21 ވަނަ ދުވަހުގެ 00:00ގެ ނިޔަލަށް، މި އިޢުލާނުގެ 4ވަނަ ނަންބަރުގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
- ރެޖިސްޓްރޭޝަން ލިންކް: https://docs.google.com/forms/d/1AP_Z9apHIdsM0OUuIX9WtxaIeWl7ih2PUrrUo_MMTT4/edit?pli=1
- މިޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2023 އޮގަސްޓު 17 ވަނަ ދުވަހުގެ 13:00ގެ ކުރިން، މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް ނުވަތަ ފޯނު މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
- މި ޕްރޮޖެކްޓާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 އޮގަސްޓް 16 ގައި ކަމަދޫ ސްކޫލް އޮފީހުގައެވެ.
- ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 އޮގަސްޓް 23 ވަނަ ދުވަހުގެ 13:00ގައި ކަމަދޫ ސްކޫލުގެ އޮފީހުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ރަސްމީ ގަޑީގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
- ކަމަދޫ ސްކޫލް، ބ. ކަމަދޫ ދިވެހިރާއްޖެ، އީމެއިލް:[email protected]
- ފޯން: 6660015
13 އޮގަސްޓް 2023
13 އޮގަސްޓް 2023