މަސައްކަތް
ނަންބަރު: (IUL)448/1/2015/6
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:31
ސުންގަޑި: 24 ފެބުރުވަރީ 2015 11:30
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޕެސެންޖަރ ޓާމިނަލް ޑިޕާޗަރ ހޯލްގެ ސީލިންގ މަރާމާތުކުރަން

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޕެސެންޖަރ ޓާމިނަލް ޑިޕާޗަރ ހޯލުގެ ސީލިންގ މަރާމާތުކުރަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ފެބުރުވަރީ 2015 (އަންގާރަ) ދުވަހުގެ 11:30 އަށް ރީޖަނަލް އެއަރޕޯޓްސް (11 ވަނަ ފަންގިފިލާ/ ވެލާނާގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 01 މާރިޗު 2015 (އާދީއްތަ) ދުވަހުގެ 11:30 އަށް މިއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3323776 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  

27 ރަބީޢުލްއާޚިރު 1436

17 ފެބުރުވަރީ 2015