ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)320-PRM/320/2023/136
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 15:07
ސުންގަޑި: 03 ސެޕްޓެންބަރު 2023 14:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ އޭދަފުށީ ކައުންސިލްގެ 11 ވަނަ ޤުރުއާން މުބާރާތާއި ގުޅޭ"

އިޢުލާން

 

1445 ވަނަ އަހަރުގެ އޭދަފުށީ ކައުންސިލްގެ 11 ވަނަ ޤުރުއާން މުބާރާތާއި ގުޅޭ"

     

            2023 ސެޕްޓެމްބަރ މަހުގެ 14 ން 16 އަށް މިއިދާރާގެ ފަރާތުން "1445 ވަނަ އަހަރުގެ އޭދަފުށީ ކައުންސިލްގެ 11ވަނަ

 ޤުރުއާން މުބާރާތް" ނަމުގައި ޤުރުއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނާއި ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖައްސައި، އަތޮޅު އަދި ޤައުމީ ފެންވަރުގައި ނަން ވިދާލެވޭނެފަދަ ޤާބިލް ދަރިވަރުންތަކެއް އުފެއްދުމާއި،" އަތޮޅު ޤުރުއާން މުބާރާތް " އަށް ކުދިން ހޮވުމަށް ބޭއްވޭ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 02 ގޮތްޕަކަށް ބަހާލައިގެން (ހިތުން އަދި ފޮތުން) ނެވެ.

މިމުބާރާތުގައި ބ.އޭދަފުށީގެ ސްކޫލް/ މަދަރުސާތަކާއި، ރަޖިސްޓްރީ ކްލަބް ޖަމްޢިއްޔާތަކުގެ އިތުރުން ރަޖިސްޓްރީ ކޮށްގެން ހިންގާ ޤުރުއާން ކްލާސްތަކުގެ ކުދިންނާއި ކުދި ބޮޑު އެންމެހާ ރައްޔިތުންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

            މިމުބާރާތުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 03 ސެޕްޓެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މިފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

            ވީމާ، މިމުބާރާތުގައި ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުންނާއި ދަރިވަރުން ބައިވެރިވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. މުބާރާތުގެ ޤަވާޢިދު މިއިޢުލާނާއެކު އެއްހީރަސް ކުރެވިފައި މިވަނީއެވެ.

                                 26 މުޙައްރަމް 1445

13 އޮގަސްޓް 2023