ދިވެހިރާއްޖެ
މޯލްޑިވްސް އިންޓިގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުންކުރިއަށް ގެންދިއުމަށް ގަސްތުކޮށްފައިވާ ޔޮޓްރެލީ – ސަވާދީއްތަ ދަތުރު 3 ވަނަ އެޑިޝަންގައި ބައިވެރިވުމަށް މިރަށް ހޮވިފައިވެއެވެ. މި ޔޮޓު ރެލީގެ ބައިވެރިންކަމުގައިވާ ރަށްރަށުގެ އާރުކާޓީ (ޓުވަރގައިޑް) ންނަކީ އެރަށަކުން ތަމްރީނުކުރެވޭ ބައެއްކަމުގައި ހެދުމަކީ އެ ކޯޕަރޭޝަންއިން އިސްކަމެއް ދެއްވާ ކެމެކެވެ. އަދި މިފަރާތްތަކަކީ އާރުކާޓީންނަށް ދެވޭ ފުރިހަމަ ތަމްރީނާއި މަޢުލޫމާތުލިބި އަދި ފަތުރުވެރިން ބަލައިގަންނަ ފެންވަރެއްގެ މީހުންނަށް ހެދުމަށްޓަކައި ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.
މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "މޯލްޑިވްސް ޕޮލިޓެކްނިކް" ގެ ފަރާތުން ވަރޗުއަލް ޕްލެޓް ފޯމެއްގައެވެ. ދިވެހި އަދި އިނގިރޭސިބަހުން ކުރިއަށް ގެންދެވޭ މި ތަމްރީނުގައި، ސަވާދީއްތަ 3 ބަނދަރުކުރެވޭ ރަށްރަށުން، އެރަށަކަށް ނިސްބަތްވާ ނުވަތަ އެރަށެއްގައި ވަޒަންވެރިވެ ދިރިއުޅޭ، މިދާއިރާއަށް ޝައުޤުވެރިކަން ހުރި ވީހަވެސް ގިނަ ބޭފުޅުން ބައިވެރި ވުމަކީ އެމް.އައި ޓީ ސީގެ ވަރަށް ބޮޑު އެދުމެކެވެ. އަދި ތަމްރީން ފުރިހަމަކުރައްވާ ބޭފުޅުންނަކީ މި ރެލީގައި މިރަށަށް ޒިޔާރަތްކުރުމަށް ކަނޑައެޅިފައިވާ ދުވަސް ކަމުގައިވާ 2024 ފެބްރުއަރީ 23 ވަނަ ދުވަހު މިރަށުގައި ތިއްބެވޭނެ ބޭފުޅުންނަށް ވުމަކީ މުހިންމު ކަމެކެވެ.
ވީމާ، މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 އޮގަސްޓް 30 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން "ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އެދޭ ފޯމް" ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މިއިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.