ވަޒީފާގެ ފުރުޞަތު
ނަންބަރު: GS03/2015/07
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:16
ސުންގަޑި: 03 މާރިޗު 2015 14:30
ހިތަދޫ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ލެބޯޓްރީ އެސިސްޓެންޓް

   އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ލެބޯޓްރީ އެސިސްޓެންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

ރޭންކް: ޖީ. އެސް 3

ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ: މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ހިތަދޫ ސްކޫލް، ސ. ހިތަދޫ

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އިދާރީ ސެކްޝަން، ހިތަދޫ ސްކޫލް، ސ. ހިތަދޫ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސްކޫލުގެ ސައެންސް ލެބޯރޓްރީގައިވާ ހުރިހާ އިކުވިޕްމެންޓާއި ކެމިކަލާއި އެހެނިހެން ތަކެތީގެ ރެކޯޑް ބެލެހެއްޓުމާއި، އެތަކެތި ހުންނަންވާ ތަންތަނުގައި ރައްކާތެރިކަމާއެކު ބެހެއްޓުމާއި، ތަނުގެ ސާފުތާހިރުކަން ބެލެހެއްޓުން.
  2. ޓައިމްޓޭބަލް ކުރެވިފައިވާގޮތަށް ލެބޯރޓްރީ ގަޑިތަކަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމާއި، އެ ގަޑިތައް ނެގުމުގައި ޓީޗަރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ގަޑި ނިމިގެން، ބޭނުންކުރި ހުރިހާ އެއްޗެއް ސާފުކޮށް ހުންނަންވާ ތަންތަނަށްލައި ރައްކާކުރުން.
  3. ކާނާގެ އެއްވެސް ބާވަތެއް ލެބޯރޓްރީއަށް ނުވެއްދުމާއި، ކެމިކަލްފަދަ ތަކެތި ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި، ނުރައްކާތެރި ހާދިސާއެއް ދިމާވެއްޖެނަމަ،  ކަމާބެހޭ ފަރާތަށް ވަގުތުންއަންގައިގެން އަވަސް ޙައްލު ހޯދުން.

ޝަރުޠު:                                                

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން  'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ވަޒީފާގެ ޝަރުޠު (ކަނޑައެޅިފައިވާ އިންސައްތަ: % 11)

- ތަޢުލީމާއި ތަމްރީން (ކަނޑައެޅިފައިވާ އިންސައްތަ: %38)

- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)

- އިންޓަވިއު (ކަނޑައެޅިފައިވާ އިންސައްތަ: %43)

- ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކެމިސްޓްރީ، ފިޒިކްސް، ބަޔޮލޮޖީން އެންމެ ރަނގަޅު ނަތީޖާ ހޯދާފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ.         

އިންޓަވިއުކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށްޓަކައި އިންޓަވިއުކުރުން އޮންނާނީ، 2015 މާރިޗު 4 އާއި 8 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ހިތަދޫ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ހިތަދޫ ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މާރިޗު 3 ވާ އަންގާރަ  ދުވަހުގެ 14:30 ގެ ކުރިއެވެ.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ހިތަދޫ ސްކޫލުގެ 6886908 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

29 ރަބީޢުލްއާޚިރު 1436

19 ފެބުރުވަރީ 2015