މަޤާމް
|
ޑްރައިވަރ
|
މަޤާމުގެ ރޭންކް
|
އެސް. އެސް 2 (ސަޕޯޓް ސަރވިސް 2)
|
މަޤާމުގެ ކްލެސިފިކޭޝަން
|
ސަޕޯޓް ސްޓާފް ގްރޭޑް 2
|
އޮފީސް/އިދާރާ
|
އަލިފުށީ ކައުންސިލްގެ އިދާރާ
|
ޔުނިޓް
|
ކޯޕަރޭޓް އެފެއާޒް
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
އަލިފުށީ ކައުންސިލްގެ އިދާރާ
|
މުސާރަ
|
މަހަކު 3،470.00 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު 1،000.00 ރުފިޔާ
|
ބޭނުންވާ އަދަދު
|
1 (އެކެއް)
|
މަޤާމުގެ ޝަރުޠުތައް
|
- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މައިގަނޑު
މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- މި އިދާރާގެ ބޭނުންތަކަށް، ރަސްމީ ގަޑިތަކާއި، ނުރަސްމީ ގަޑިތަކުގައި ވޭން ދުއްވުން.
- ވޭން ދޮވެ ސާފުކޮށް ބެލެހެއްޓުން.
- ވޭނުގެ އަޑީތެޔޮ ބަދަލުކުރުމާއި، މަރާމާތެއް ކުރަންވެފައި ހުރިނަމަ، ލަސްނުކޮށް ވެރިއަކަށް ދަންނަވައިގެން މަރާމާތުކުރުމުގެ ކަންތައްތައް ކުރުން.
- ވެހިކަލް ދުއްވަންނުޖެހޭ ރަސްމީ ވަގުތުތައް އިދާރާގައި ހޭދަކުރުމާއި، ރަސްމީ ގަޑިތަކުގައްޔާއި، ނުރަސްމީ ގަޑިތަކުގައި، ވެރިން އަންގާ ރަސްމީ މަސައްކަތްތައް ކުރުން.
- މީގެ އިތުރުންވެސް، ވަޒީފާގެ މަސްޢޫލިއްޔަތާ ގުޅިގެން ކައުންސިލްގެ ރައީސް ނުވަތަ ކައުންސިލް ހިންގުމާ ހަވާލުވެހުރި ވެރިޔަކު އަދި ޒިންމާދާރު ވެރިޔާ ނުވަތަ ޒިންމާދާރު ވެރިޔާގެ މަސްޢޫލިއްޔަތާ ހަވާލުވެ ހުންނަ ވެރިޔަކު އަންގާ ކަންކަން ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ މިންވަރު.
- ތަޖުުރިބާއާއި މަޢުލޫމާތާއި ހުނަރު ހުރި މިންވަރު.
|
އިންޓަވިއުއާއި އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ފަހުން އެންގޭނެއެވެ.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
|
2015 ފެބުރުވަރީ 26 ވަނަ ދުވަހުގެ 15:00 ގެ ކުރިން، އަލިފު ށީކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް، އީމެއިލާއި ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. (އީމެއިލް އެޑްރެހަކީ [email protected] އެވެ. ފެކްސް ނަންބަރަކީ 6580021 އެވެ.)
|
އުޖޫރައާއި ޢިނާޔަތްތައް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމު، މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ.)
- ސިވިލްސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްޢޫލިއްޔަތު ބަޔާންކޮށްފައިވާ)
- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ، ސާފު ކޮޕީއެއް.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
|
އިތުރު މަޢުލޫމާތު
|
މި އިޢުލާނާ ގުޅިގެން މަޢޫލޫމާތު ސާފުކުރަން ގުޅާނީ 6580021 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6580021 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|