ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)/316/316/2023/75
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 08:52
ސުންގަޑި: 17 އޮގަސްޓް 2023 14:00
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫގައި ފެނާއި ނަރުދަމާ ޤާއިމް ކުރުމުގެ މަޝްރޫޢާގުޅޭ.

ބ.ކިހާދޫގައި ފެނާއި ނަރުދަމާ ޤާއިމް ކުރުމުގެ މަޝްރޫއާއި ގުޅިގެން ފެނާއި ނަރުދަމާގެ ކަނެކްޝަން އެދޭ ފޯމު ހުށައެޅުމަށް މި އިދާރާއިން ހުޅުވާލި 2 ފުރުސަތުގައިވެސް ބައެއް ފަރާތްތަކުން ފޯމު ހުށަހަޅާފައި ނުވާކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން މި ފަރާތްތަކަށް ޙިދުމަތަށް އެދި ފޯމު ހުށައެޅުމުގެ ފުރުސަތު 2023 އޮގަސްޓް 17 ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލަމެވެ. އަދި މި ފުރުސަތުގައި ގޯތީގެ ކަންމުޑި އަޅާ ގޯތީގެ ރަޖިސްޓްރީ ހަދާދެވިފައިވާ ގޯތި ތަކުންވެސް ފޯމު ފުރުއްވާ ހުށައެޅުއްވުމަށް ދަންނަވަމެވެ. ފެނާއި ނަރުދާމާގެ ކަނެކްޝަނަށް އެދޭ ފޯމު މި އިދާރާއިން ލިބެން ހުންނާނެވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

މި ފޯމު ހުށަހެޅުމަށްފަހު، ކަނެކްޝަން ލިސްޓް ފައިނަލް ކުރާނީ މަސައްކަތުގެ ކޮންޓްރެކްޓަރާއި ކައުންސިލާއި ގުޅިގެންނެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.  

13 އޮގަސްޓް 2023