ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)451-HR/1/2015/2
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:12
ސުންގަޑި: 04 މާރިޗު 2015 14:00
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:                         ކޮމިޔުނިޓީ ޓީޗަރ އެޑިޔުކޭޓަރ ކޯޑިނޭޓަރ

ބޭނުންވާ އަދަދު:                   1 (އެކެއް)

ސަރވިސް އެލަވަންސް:                މަހަކު -/3500 ރުފިޔާ

ވަޒީފާ އޮތް އޮފީސް:                 ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

ގިންތި:                         ދާއިމީ

ވަޒީފާއަ ދާކުރާ ތަނާއި ރަށް:            ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ  (ޑިޕާޓްމަންޓް އޮފް ޓީޗަރ ޑިވެލޮޕްމަންޓް)

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ދިވެހިރާއްޖޭގެ ތަޢުލީމުގެ ޤައުމީ މަންހަޖު އެކުލަވައިލުމާއި، އެ މަންހަޖު ތަރައްޤީކުރުމާއި ތަންފީޒުކުރުމަށް އޮފީހުން ކުރާ މަސައްކަތުގެ ބައިވެރިއެއްގެގޮތުން މަސައްކަތްކުރުން.

2. ސްކޫލްތަކަށް ގޮސް ޢަރަބި މާއްދާގެ މަންހަޖު ތަންފީޒުކުރާގޮތް ބެލުން:

(ހ) ޓީޗަރުން ބޭނުންވާ ކަންކަން ފާހަގަކޮށް، އެކަންކަމުގައި އެހީތެރިވުމުގެ ގޮތުން އުފައްދަންޖެހޭ ތަކެތި އުފެއްދުމާއި، އުފައްދައިފައިވާ ތަކެއްޗަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ހުށަހެޅުން.

(ށ) ޢަރަބި މާއްދާގެ މަންހަޖު ތަންފީޒުކުރުމަށްޓަކައި ޓީޗަރުންނަށް ބޭނުންވާ އިތުރު ތަމްރީނުތައް ރާވައި ހިންގުމުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުން.

3. ޢަރަބި މާއްދާ ކިޔެވުމާއި ކިޔަވައިދިނުމުގައި ދަރިވަރުންނާއި މުދައްރިސުން ބޭނުންކުރާނެ ތަކެތި އުފެއްދުމުގެ މަސައްކަތް ކުރުން.  

4. ސްކޫލްތަކާއި ޢަރަބި މާއްދާގެ ފަންނީ މާހިރުންގެ މަޝްވަރާއާއެކު، މާއްދާގެ ފޮތްތަކާއި ކިޔެވުމާއި ކިޔަވައިދިނުމުގެ އެހީތައް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރުން.

5. ޚިދުމަތުގައި ތިއްބަވާ ޓީޗަރުންނާއި، އަލަށް ޚިދުމަތަށް ނުކުންނަވާ ޓީޗަރުން، ޢަރަބި މާއްދާގެ މަންހަޖަށާއި، މަންހަޖު ތަންފީޒުކުރުމަށް ބޭނުންކުރާ ވަސީލަތަކަށް އަހުލުވެރިކުރުވުމުގެގޮތުން ހިންގަންޖެހޭ ތަމްރީނު ޕްރޮގްރާމްތައް ހިންގުން.

6. ޢަރަބި މާއްދާގެ ޕެނަލް ބައްދަލުވުންތައް ބޭއްވުން.

7. ޢަރަބި މާއްދާއާ ގުޅިގެން ބޭރުގެ އެހީތަކުން ލިބޭ ޕްރޮޖެކްޓް މަސައްކަތުގައި އެހީތެރިވެދިނުން.

8. ކަރިކިއުލަމް ޑިވިޜަނުގެ ފަންނީ ކަންކަމާއި، އިދާރީ ކަންކަމުގައި ބޭނުންވާ އެހީތެރިކަން ދިނުން.

ޝަރުޠު:                                                

މަޤާމް

 

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ

MS3

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 4

ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

މަހަކު -/7،035 ރުފިޔާ

މަހަކު -/3،500 ރުފިޔާ

MS4

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 5

ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

މަހަކު -/7،875 ރުފިޔާ

EX1

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 6

ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

މަހަކު -/8،835 ރުފިޔާ

EX2

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 7

ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

މަހަކު -/9،890 ރުފިޔާ

EX3

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 8

ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

މަހަކު -/11،065 ރުފިޔާ

EX4

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 9

ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

މަހަކު -/12،500 ރުފިޔާ

EX5

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 10

ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

މަހަކު -/13،890 ރުފިޔާ

EX6

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 11

ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

މަހަކު -/15،560 ރުފިޔާ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން (ޢަރަބި ބަހުގެ)

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަވިއުއަށް ބަލައިގެން.

މަޤާމް:                         އިލަސްޓްރޭޓަރ

ބޭނުންވާ އަދަދު:                    1 (އެކެއް)

ރޭންކް:                         އެމް.އެސް 1

ކްލެސިފިކޭޝަން:                    ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:                         މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:                 މަހަކު -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް:                  ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

ގިންތި:                         ދާއިމީ

ވަޒީފާ އަދާކުރާ ތަނާއި ރަށް:             ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ

ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޓެކްނޮލޮޖީ އެންޑް މީޑިއާ ޔުނިޓުން ތައްޔާރުކުރާ ތަފާތު ރިސޯސް މެޓީރިއަލްއާއި، ޕްރޮގްރާމްތަކަށް ބޭނުންވާ އިލަސްޓްރޭޝަންސްއާއި، ގްރެފިކްސްއާއި، ލޭއައުޓް ތައްޔާރުކުރުން.
  2. މި އިންސްޓްޓިއުޓުގެ އެހެން ޑިޕާޓްމަންޓްތަކުން ޓެކްނޮލޮޖީ އެންޑް މީޑިއާ ޔުނިޓާ ގުޅިގެން ތައްޔާރުކުރާ ތަކެތީގެ ގްރެފިކްސްއާއި، އިލަސްޓްރޭޝަންސްއާއި، ލޭއައަޓް ތައްޔާރުކުން.
  3. ތައްޔާރުކުރާ މެޓީރިއަލްތަކަށް ބޭނުންވާ ފޮޓޯނެގުން.
  4. ހަވާލުކުރާ މަސައްކަތްތައް، ހަވާލުކުރެއްވި ބޭފުޅަކާއި، އެންމެ އިސްކޮށް ހުންނަވާ ބޭފުޅަކާ ގުޅައިގެން އެ މަސައްކަތްތައް ކަނޑައަޅާ މުއްދަތަކަށް ނިންމުން.
  5. ޓެކްނޮލޮޖީ އެންޑް މީޑިއާ ޔުނިޓުން ރާވައިގެން ހިންގަމުންދާ މުހިންމު ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.
  6. ހަވާލުކޮށްފައިވާ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ، ކަންތައްތައް އަމިއްލައަށް އިސްނަގައިގެން ކުރުމަށް ޝައުޤުވެރިވުން.

މަޤާމް:                         އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:                    1 (އެކެއް)

ރޭންކް:                         ޖީ.އެސް.3

ކްލެސިފިކޭޝަން:                    އޮފިސަރ ގްރޭޑް 1

މުސާރަ:                         މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:                 މަހަކު -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް:                  ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

ގިންތި:                         ދާއިމީ

ވަޒީފާ އަދާކުރާ ތަނާއި ރަށް:             ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ (ރިސެޕްޝަނުގައި)      

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މި އިންސްޓިޓިއުޓުގެ ޔައުމިއްޔާ ލިޔުމަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ކަމާބެހޭ ސެކްޝަންތަކުން ހޯދައި، ޔައުމިއްޔާ ލިޔުމާބެހޭގޮތުން ރައީސުލްޖުމްހޫރިޔާ އޮފީހުން ހަމަޖައްސަވާފައިވާ ޤަވާޢިދާ އެއްގޮތަށް، އެ އޮފީހުގެ ނަމްބަރ 85/69 (9 އޮކްޓޫބަރު 1985) ގެ ދެންނެވުމުން އަންގަވާފައިވާގޮތަށް، ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔެ، ކޮންމެ ދުވަހެއްގެ ޔައުމިއްޔާ، ޖެހިގެން އަންނަ ދުވަހުގެ 3:00 ގެ ކުރިން، އޮފީހުގެ އެޑްމިނިސްޓްރޭޝަން ޔުނިޓާއި ހަވާލުކުރުން ނުވަތަ އޮފީސް ހިންގަވަން އެވަގުތަކު ހުންނެވި ވެރިއެއްގެ އަރިހަށް ގެންދަވައިގެން ސޮއިކުރުވުން.
  2. މަރުކަޒުގެ ރިސެޕްޝަން ބެލެހެއްޓުމާއި، އަންނަ ފޯނު ކޯލުތަކަށް ޖަވާބުދިނުމާއި، ކޯލްތައް ޕާސްކުރަންޖެހޭ ފަރާތްތަކަށް ޕާސްކުރުން.
  3. މި މަރުކަޒަށް އެކިއެކި ކަންކަމުގައި އަންނަ މެހުމާނުންނަށް ދަތިނުވާނެގޮތަށް އެމީހުންނަށް އެހީތެރިވެވޭނެގޮތަށް މެހުމާނުންނަށް ކަންތައްތައް ހަމަޖެއްސެވުން.
  4. އޮފީހުން އެކި ފަރާތްތަކަށް ފޮނުވަން ތައްޔާރުކުރާ ލިޔުން، ރިޕޯޓް، ސިޓީ، ނޯޓް، މެސެޖް ފަދަ ތަކެތި ޓައިޕްކުރުން.
  5. ޔައުމިއްޔާތައް ޤަވާޢިދުން ނަންބަރުޖަހައި، އަހަރު ނިމުމުން ބައިންޑްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  6. ޑިޕާޓްމަންޓުން ފައިލްކުރަންޖެހޭ ތަކެތި ފައިލްކުރުމާއި، ފައިލްތައް ބެލެހެއްޓުން.
  7. ރަސްމީ ގަޑީގައްޔާއި، ނުރަސްމީގަޑީގައި އޮފީސް ހުޅުވައި ލެއްޕުން.
  8. އެންޓްރީކުރާ މުވައްޒަފު އޮފީހަށް ހާޒިރުނުވާނަމަ، އެންޓްރީކުރުމުގެ މަސައްކަތް ކުރުން.

ޝަރުޠު:

1- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލުކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަރވިއުއަށް ބަލައިގެން.

މަޤާމް:                         އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު:                    1 (އެކެއް)

ރޭންކް:                         އެސް.އެސް 2

ކްލެސިފިކޭޝަން:                    ސަޕޯޓް ސްޓާފް ގްރޭޑް 2

މުސާރަ:                         މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް:                 މަހަކު -/1000 ރުފިޔާ

ވަޒީފާ އޮތް އޮފީސް:                  ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

ގިންތި:                         ދާއިމީ

ވަޒީފާ އަދާކުރާ ތަނާއި ރަށް:             ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ

ޝަރުޠު:

1- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- އޮފީހުން ބޭރަށް ގެންދާ ލިޔެކިޔުމާއި ސިޓީ ފަދަ ތަކެތީގެ ތެރެއިން ހަވާލުކުރި އެއްޗެއް އެފަރާތްތަކަށް ރައްދުކުރުމާއި، އެކި ފަރާތްފަރާތުން ގެންނަ ތަކެތި ގެނެސް، ކަމާބެހޭ ފަރާތަކާ ހަވާލުކުރުމާއި، ބޭރަށްފޮނުވޭ ކޮންމެ އެއްޗަކާމެދު ޢަމަލުކުރިގޮތް އެންގުން.

2- މަރުކަޒުގެ ފަރާތުން ރާވާ އެކިއެކި ހަރަކާތްތަކުގައި އެހީތެރިކަމަށް އެދިއްޖެ ހިނދެއްގައި އެހީތެރިވުން.

3- އެކިއެކި ހަރާކާތްތައް އިންތިޒާމްކުރާއިރު އެއްތަނުން އަނެއްތަނަށް އުފުލަންޖެހޭ ތަކެތި އުފުލުން.

4- ހަވާލުކުރެވިފައިވާ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ،  އަމިއްލައަށް އިސްނަގައިގެން ކަންތައްތައް ކުރުމަށް ޝައުޤުވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލުކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤަބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަރވިއުއަށް ބަލައިގެން.

މަޤާމް:                         މަސައްކަތު

ބޭނުންވާ އަދަދު:                   2 (ދޭއް)

ރޭންކް:                        އެސް،އެސް. 1

ކްލެސިފިކޭޝަން:                   ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ:                        މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:                މަހަކު -/1000 ރުފިޔާ

ވަޒީފާ އޮތް އޮފީސް:                  ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

ގިންތި:                         ދާއިމީ

ވަޒީފާ އަދާކުރާ ތަނާއި ރަށް:             ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ (ޑިޕާޓްމަންޓް އޮފް ކޯޕަރޭޓް އެފެއާޒް)

ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.      

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އޮފީހުގެ އެތެރޭގެ ހުރިހާ ތަނެއް ކޮންމެ ދުވަހަކު ކުނިކަހައި، ފޮޅައި، ސާފުކޮށް ބެލެހެއްޓުން.
  2. އެހެން އޮފީސްތަކަށް ހަވާލުކުރަން ހުންނަ ތަކެތި ހަވާލުކޮށް ހެދުން.
  3. ވަރކްޝޮޕްތަކަށް ހޯލްތައް ތައްޔާރުކޮށް ހެދުން.
  4. އޮފީހުން ބާއްވާ ވަރކްޝޮޕް ސެމިނާރު ފަދަ ކަންކަމަށް ބޭނުންވާ ތަކެތި އެއްތަނުން އަނެއް ތަނަށް އުފުލައި ހެދުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލުކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަރވިއުއަށް ބަލައިގެން.

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އިންޓަވިއުކުރުން.

- މި މަޤާމްތަކަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 2015 މާރިޗު 8 އާއި 19 އާ  ދެމެދުގެ ތާރީޚެއްގައި، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުގައެވެ.

- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ޝަރުޠު ހަމަވާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު، ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، މި އިންސްޓިޓިއުޓްގެ ވެބްސައިޓު www.nie.edu.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އިންސްޓިޓިއުޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ށ- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތާއުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ) 

ނ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ރ- ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.  

ޅ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ފޯނު ނަންބަރާއެކު)

ކ- ދިވެހި ސިވިލްސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

 - މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ ޣާޒީބިލްޑިންގ (2 ވަނަ ފަންގިފިލާ) ކައުންޓަރަށެވެ. 

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މާރިޗު 4 ވަނަ ދުވަހުގެ 14.00 ގެ ކުރިއެވެ.

ނޯޓް:

    މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މަރުކަޒުގެ ނަންބަރު 3318852 ފޯނަށް ގުޅުން އެދެމެވެ. 

 26 ރަބީޢުލްއާޚިރު 1436

16 ފެބުރުވަރީ 2015