ވަޒީފާގެ ފުރުޞަތު
ނަންބަރު: 146-A1/2015/24
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:10
ސުންގަޑި: 02 މާރިޗު 2015 14:30
ފެމިލީ ކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

އެސިސްޓެންޓް ލީގަލް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ކްލެސިފިކޭޝަން:

އެސިސްޓެންޓް ލީގަލް އޮފިސަރ

ރޭންކް:

އެލް.އެސް 2

އަސާސީ މުސާރަ:

9412.00 ރުފިޔާ

މަސައްކަތްކުރަންޖެހޭ ތަނާއި ސެކްޝަން

ފެމިލީކޯޓު / ޝަރީޢަތްކުރުމާބެހޭ ބައި

އެލަވަންސްތަކާއި ޢިނާޔަތްތައް:

- ސަރވިސް އެލަވަންސް: 3000.00 ރުފިޔާ.

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %55

- ލިވިންގ އެލަވަންސް 2700.00 ރުފިޔާ.

- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

އަސާސީ ޝަރުޠު:

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުންް.

މަޤާމުގެ މަސްއޫލިއްޔަތު:

- ކޭސް މެނޭޖްމެންޓް ސްޕަވައިޒުކުރުން.

- ހާޒިރުކުރެވޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާތޯ ބަލައި، އެކަން ކަށަވަރުކުރުން.

- ބަޔާންތައް މަޙުޟަރުކުރެވިފައިވޭތޯ ބަލައި ކަށަވަރުކުރުން.

- މައްސަލައާ ގުޅިގެން އަންނަ ލިޔުންތައް މައްސަލައިގެ ފައިލުގެ ތެރެއަށް ލެވިފައިވޭތޯ ބަލައި، އެކަން ކަށަވަރުކުރުން.

- މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅިފައިވޭތޯ ބަލައި ކަށަވަރުކުރުން.

- ސެކްޝަނުގައި ކުރަން ހުންނަ އެހެނިހެން އިދާރީ ކަންތައްތައް ކުރެވިފައި ހުރިތޯ ބަލައި ކަށަވަރުކުރުން.

- ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ތައްޔާރުކުރުން.

- ޤާޟީންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

- ކޯޓުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކޯޓަށް އެހީތެރިވުން.

- ސެކްޝަނުގައި ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކޮށް، ފެންވަރު ބެލުން.

- މީގެ އިތުރުން، ކޯޓުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައިނެތްނަމަވެސް، ޙާލަތު ނިޔާކުރާގޮތުން ކޯޓަށް މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-  އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރި މިންވަރު.

- ލިީޑަރޝިޕް، ޓީމް ވޯކް، މައްސަލަ ޙައްލުކުރުމުގެ ޤާބިލުކަން ހުރި މިންވަރު.

- ދިވެހިބަހާއި، އިނގިރޭސީބަހުން މުޢާމަލާތްކުރުމުގެ ހުނަރު.

- އެޓިޓިއުޑާއި، އިންޓަރޕާސަނަލް ސްކިލްސް.

- ޝަރުޢީ ރިޕޯޓް ލިޔުމުގެ ހުނަރު.

- އިންފޮމޭޝަން ޓެކްނޮލޮޖީއަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓު www.familycourt.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ.

- އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައި ވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.

ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން، އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

ސުންގަޑި:

2 މާރިޗު 2015 ގެ 14:30 ގެ ކުރިން

އިތުރު މަޢުލޫމާތު:

- މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވޭނީ، ފެމިލީ ކޯޓުން ކަނޑައަޅާ އިންޓަރވިއު ޕެނަލުގައި، މި މަޤާމުގެ ވާޖިބުތައް އާދަކޮށްދެވޭނެކަން ސާބިތުކޮށްދިނުމުންނެވެ.

- މި މަޤާމަށް އެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން، މި މަޤާމުގެ ޝަރުޠު ފުރިހަމަނުވާކަމަށް، މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމްތައް ކެންސަލްކުރެވޭނެއެވެ.

ނޯޓް: މި ވަޒީފާ އަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް އިންޓަވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 26 ރަބީޢުލްއާޚިރު 1436

 

16 ފެބުރުވަރީ 2015