ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)195-A-HR/1/2015/4
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:03
ސުންގަޑި: 03 މާރިޗު 2015 14:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކޮމިޝަނުން ހުސްވެފައިވާ، ތިރީގައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް

ޖީ.އެސް 3

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

ސެކްޝަން / ޔުނިޓް

ކޮމިޝަން ބިޔުރޯ ޔުނިޓް

ބޭނުންވާ އަދަދު

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

ޖުޑީޝަލް ސަރވިސް ކޮމިޝަން

އަސާސީ މުސާރަ

-/6,611 ރުފިޔާ

އެލަވަންސާއި އިތުރުގަޑި

-  ލިވިންގ އެލަވަންސް: -/3,000 ރުފިޔާ

- ނޮން ޕްރެކްޓިސް އެލަވަންސް: (އަސާސީ މުސާރައިގެ %50) 3،305.50 ރުފިޔާ

- ހާޒިރީ އެލަވަންސް (ހާޒިރީ އެލަވަންސްދިނުމަށް ކަނޑައަޅާފައިވާ އުސޫލުން) 100.00 ރުފިޔާ

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް އުޖޫރަ ދެވޭނެއެވެ.

 

 

އަސާސީ ޝަރުޠު

1- އޯ.ލެވެލް އިމްތިޙާނުން 'އިނގިރޭސި' އާއެކު، އިތުރު 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ. އިމްތިޙާނުން 'ދިވެހި'،  'އިސްލާމް' މި 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،

2- އޭ.ލެވެލް އިމްތިޙާނުން 'އިނގިރޭސި' އާއެކު، އިތުރު 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ. އިމްތިޙާނުން ނުވަތަ އެއަށްވުރެ މަތީ އިމްތިޙާނަކުން 'ދިވެހި'،  'އިސްލާމް' މި 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދަކާއެކު، ޖީ.އެސް 2 ނުވަތަ އެއަށްވުރެ މަތީ ރޭންކެއްގެ މަޤާމެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ކޮމިޝަނުގެ ސެކްރެޓޭރިއެޓް ބަލަހައްޓާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.

- ކޮމިޝަނުގެ ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކުރުމާއި، ޔައުމިއްޔާ ލިޔުމާއި، ފައިލަތައް ތައްޔާރުކުރުން.

- ކޮމިޝަނުން ނިންމާ ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.

- ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ މާސްޓަރ ފައިލު ބެލެހެއްޓުމާއި، މައްސަލަތަކުގެ ސްޓޭޓަސް ބެލެހެއްޓުން.

- ކޮމިޝަނުގެ ރައީސާއި މެންބަރުންނާއި، ސެކްރެޓަރީ ޖެނެރަލް، އެހެން އޮފީސްތަކާއި އެހެނިހެން ފަރާތްތަކާއެކު ބާއްވާ ބައްދަލުވުންތަކުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން.

- ޔުނިޓުގެ ޔައުމިއްޔާ ލިޔުމާއި، ޔުނިޓުގެ އެންޓްރީ ބެލެހެއްޓުން.

ކޮމިޝަން މެންބަރުންގެ މަޢުލޫމާތު ބެލެހެއްޓުން.

- ކޮމިޝަނަށް ހުށަހެޅޭ އެންމެހައި ޝަކުވާތަކާ ގުޅިގެން ސާފުކުރަންޖެހޭ މަޢުލޫމާތުތައް ސާފުކުރުން.

- ޔުނިޓުން ބަލަހައްޓާ އެކިއެކި ކޮމިޓީތަކުގެ ސެކްރެޓޭރިއަޓުގެ ކަންތައްތައް ބެލެހެއްޓުން.

- ޝަކުވާތަކާ ގުޅިގެން ކޮމިޝަނުން ނިންމާ ނިންމުންތަކާ އެއްގޮތްވާ ގޮތެއްގެ މަތިން ޝަކުވާ ހުށަހެޅި ފަރާތްތަކަށް ޖަވާބުދިނުމުގެ އެންމެހައި ކަންތައްތައް ކުރުން.

- ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާ ގުޅޭގޮތުން އަޅާ ފިޔަވަޅުތަކާބެހޭ މަޢުލޫމާތު ރެކޯޑު ފައިލަށްލުމަށް ފަނޑިޔާރުންގެ ވަޒީއާބެހޭ ސެކްޝަނާ ހަވާލުކުރުން.

- ސެކްޝަނުގެ މުވައްޒަފަކު ނުވަތަ ކޮމިޝަނުގެ އެހެން ސެކްޝަނެއްގެ މުވައްޒަފަކު ބަލިވެ ނުވަތަ އެހެންވެސް ސަބަބަކާހުރެ އޮފީހަށް ނާދެވޭ ޙާލެއްގައި ވަގުތީގޮތުން އެފަދަ މަސައްކަތްތައް ކޮށްދިނުން

- މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހައި ކަންތައްތައް، ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން އިންތިޒާމްކޮށް ހަމަޖެއްސުުން.

ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، ޓްރާންސްކްރިޕްޓާއެކު (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ލޯ ފާމަކުން ނުވަތަ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި ރަޖިސްޓްރީކޮށްފައިވާ ކޮލެޖް/ޔުނިވަރސިޓީއަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްްކްރިޕްޓް ހިމެނޭ ސެޓްފިކެޓްތަކުގެ ޓްރާސްކްރިޕްޓް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ލޯ ފާމަކުން ނުވަތަ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި ރަޖިސްޓްރީކޮށްފައިވާ ކޮލެޖް/ޔުނިވަރސިޓީއަކުން ތައްގަނޑު ޖަހާފައިވާ އަސްލު.
  3. ވަނަވަރުު (ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި، އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެ ވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ހިމެނޭގޮތަށް)
  4. ވަނަވަރުގައި، ކުރިން ވަޒީފާ އަދާކޮށްފައިވާކަމަށް ބަޔާންކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތައް (މަޤާމުގެ ނަމާއި، ރޭންކް ނުވަތަ ކްލެސިފިކޭޝަން) އެނގޭގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި އެ ވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހުގެ ލިޔުން.
  5. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ.
  6. ފުރިހަމަކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް.

ސުންގަޑި

2015 މާރިޗު 3 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް (ތީމުގެ، އާބުރުޒު ހިނގުން) ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު

1. ކޮމިޝަނުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް އަދި ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި، ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައިނުވާނަމަ، އެ ފޯމް ބާޠިލުވާނެއެވެ.

2. މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ހާޒިރީ ރިޕޯޓް، އިޞްލާޙީ ފިޔަވަޅު، ޕަރފޯމަންސް އެޕްރެއިޒަލް)، މި ކޮމިޝަނުން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައިި އެ މަޢުލޫމާތު މި ކޮމިޝަނުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.

3. މި މަޤާމަށް އިންޓަވިއުކުރުމަށް  ޝޯޓްލިސްޓް ކުރެވޭނީ، މަގާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަސައްކަތުގެ ތަޖުރިބާއާއި، ތަޢުލީމީ ފެންވަރަށް ބަލައިގެން އެންމެމަތީ މާކްސް ލިބުނު ފަރާތްތަކުގެ ތެރެއިން އިންޓަވިއު ޕެނަލުން އިންޓަވިޔުކުރުމަށް ޝޯޓުލިސްޓުކުރާ އަދަދަކަށެވެ. އިންޓަވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ.  އެނޫން ކެންޑިޑޭޓުންނަކަށް އެ ކަމެއް ލިޔުމަކުން ނާންގާނެއެވެ. އިންޓަވިޔުއަށް ޝޯޓް ލިސްޓްކޮށް ނިމުމުން، އެކަން މި ކޮމިޝަނުގެ ވެބްސައިޓުގައި އާންްމުކުރެވޭނެއެވެ.                                                        

4. މި ވަޒީފާއަށް ކުރިމަތިލުމަށްފަހު، ޝޯޓްލިސްޓްކުރެވި އިންޓަވިޔުއަށް ހާޒިރުވުމަށް އެންގުމަށްފަހު، އިންޓަވިޔުއަށް ހާޒިރުނުވާ ފަރާތްތައް ޑިސްކޮލިފައި ކުރެވޭނެއެވެ.

5. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ މީހެއްގައި ހުންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިތުރު ޝަރުޠުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ. ހިންގާ ޤަވާއިދު www.jsc.gov.mv  ވެބްސައިޓުން ލިބެން ހުންނާނެއެވެ.

6. މަޢުލޫމާތު ސާފުކުރަން ގުޅާނީ 3303501 ނަންބަރު ފޯނަށެެވެ. ފެކްސް ނަންބަރަކީ 3303504 އެވެ.  ވަޒީފާއަށް އެދޭ ފޯމް، www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 27 ރަބީޢުލްއާޚިރު 1436
17 ފެބުރުވަރީ 2015