ޢާންމު މަޢުލޫމާތު
ނަންބަރު: (PR)239-CAS/239/2023/5
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 31 ޑިސެންބަރު 2023 00:00
ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަަނަ އަހަރުގެ މަސައްކަތު ތާވަލު ހުށަހަޅާފައިވާ ކައުންސިލްތައް

ނޫސް ބަޔާން

          ޤާނޫނު ނަމްބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 105 ވަނަ މާއްދާ ގައިވާ ގޮތުގެމަތިން، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ނިޔަލަށް ރަށު ތަރައްޤީގެ ޕްލޭނަށް ބިނާކޮށް، ކުރިއަށްއޮތް އަހަރުގެ މަސައްކަތު ތާވަލު ރަށު ކައުންސިލްތަކުން އަތޮޅު ކައުންސިލަށް، ހުށަހެޅުމަކީ ޤާނޫނުން ރަށު ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާއެކެވެ.  

         ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އަޞޫލުން ހިންގުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް 2024 ވަނަ އަހަރުގެ މަސައްކަތު ތާވަލު ހުށަހަޅުއްވާފައިވާ، މި އިދާރީ ދާއިރާގެ 11 ރަށު ކައުންސިލްގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ. 

  1. ކޮޅުމަޑުލު ބުރުނި ކައުންސިލްގެ އިދާރާ
  2. ކޮޅުމަޑުލު ވިލުފުށި ކައުންސިލްގެ އިދާރާ
  3. ކޮޅުމަޑުލު ދިޔަމިގިލި ކައުންސިލްގެ އިދާރާ
  4. ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދަރާ
  5. ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
  6. ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
  7. ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
  8. ކޮޅުމަޑުލު ތިމަރަފުށި ކައުންސިލްގެ އިދާރާ
  9. ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
  10. ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
  11. ކޮޅުމަޑުލު މަޑިފުށި ކައުންސިލްގެ އިދާރާ

ދެންނެވުނު ކައުންސިލްތަކުން، އެކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، މިކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

07 އޮގަސްޓް 2023