މަސައްކަތް
ނަންބަރު: (IUL)7-ADMN/1/2023/85
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 12:02
ސުންގަޑި: 21 އޮގަސްޓް 2023 11:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޖެނިޓޯރިއަލް ޚިދުމަތް ފޯރުކޮށްދިނުމާއި އޮފީހުގެ ސައި ކޮޓަރިތައް ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުންކޮށްދޭނެ ފަރާތެއް ހޯދުމަށް

އޮޑިޓަރ ޖެނެރަލްގެ އޮފީސް ހިންގަމުން ދާ ސްޓަރ ކްލައުޑްސްބިލްޑިންގގެ 1، 2، 3 އަދި 4 ވަނަ ފަންގިފިލާއާއި ބިއްލޫރިޖެހިގޭގެ 1 ވަނަ ފަންގިފިލާއާއި ގްރައުންޑް ފްލޯގެ ހުޅަނގު ފަޅީގެ ޖެނިޓޯރިއަލް ޚިދުމަތް ފޯރުކޮށްދިނުމާއި އޮފީހުގެ ސައި ކޮޓަރިތައް ބަލަހައްޓައިދިނުމަށް ކުރެވުނު ނަންބަރު (IUL)7-ADMN/1/2023/74 އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުން އެއްވެސް ފަރާތެއް ޝަރުތުހަމަނުވާތީ އެ އިޢުލާނު ބާތިލުކޮށް، ދެ ވަނަ ފަހަރަށް އިޢުލާނުކުރަމެވެ. މި ބީލަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

ބީލަމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ ޕްރީ-ބިޑް އަދި ސައިޓް ވިޒިޓް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް 16އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ 14:00 އަށް ސްޓަރ ކްލައުޑްސްގެ 1 ވަނަ ފަންގިފިލާގައި ހުންނަ މި އޮފީހުގެ އިދާރީ ބަޔަށް ވަޑައިގެންދެއްވުން އެދެމެވެ. ބީލަން ހުށަހެޅުން އޮންނާނީ 21 އޮގަސްޓް 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި، ސްޓަރ ކްލައުޑްސްގެ 1 ވަނަ ފަންގިފިލާގައެވެ. ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ދުވަހު 11:00 ގެ ފަހުން ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އެ ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.  

10 އޮގަސްޓް 2023