ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)316/316/2023/74
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 10:59
ސުންގަޑި: 17 އޮގަސްޓް 2023 12:00
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރި ފަރާތް ހޯދުން

ދިރާގުގެ ފަރާތުން ކިހާދޫގައިދޭ މުވާސަލާތީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެ ކުންފުންޏަށް ދޫކޮށްފައިވާ ބިމާއި އެ ބިމާ އިންވެގެން ހުރި މަގުތަކަށް އަރާ އަމިއްލަ މީހުންގެ ރުއްގަހުގެ ތަފްސީލު ހޯދަން ބޭނުންވެއްޖެ އެވެ. މި ބިން އޮންނާނީ ޓިވެކްގެ އިރު އުތުރު ކަނާ ދިމާލުގައެވެ. މި ސަރަހައްދު އެނގޭނެ ޗާޓެއް މި އިޢުލާނާއެކު ބެހެއްޓިފައި ވާނެއެވެ.

 ވީމާ، މި ސަރައްދުގައި ނަންބަރުޖަހާފައިވާ ރުއްގަހުގެ ތެރެއިން، މި އިދާރާގައި ރަޖިސްޓްރީކޮށްފައިވާ ރުއްގަސް ހުރި ފަރާތްތަކުން މި އިދާރާއަށް ދުރުވެ، ރުއްގަހުގެ ތަފްސީލް ހުށަހަޅާ ފޯމް ނެންގެވުމަށްފަހު، ފޯމް ފުރުއްވައި 17 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން ފޯމު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި ސަރަހައްދަށް އަރާ ރުއްގަހުގައި ހުދުކުލައިގެ ދަވާދުން ނަންބަރު ޖަހާފައި ހުންނާނެއެވެ. އަދި ބުޑުގަނޑު ނުލާ ކުދި ރުއް ރުކުގައި ކަޅު ކުލައިގެ މާކަރުން ނަންބަރު ޖަހާފައި ހުނަނާނެއެވެ.

މިހެންވެމިކަން އާއްމުކޮށް އެންގުމަށްޓަކައި އިއްލާން ކުރީމެވެ.

10 އޮގަސްޓް 2023