ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2023/47
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 10:55
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތަކުގެ މަގުފަޅި ކުނިކަހައި ސާފުކުރުމާބެހޭ

ރަށުގެ ގޯތިތަކާއި މަގުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަކީ މިކައުންސިލްގެ މަގުމަތި ކުނިކެހުމުގެ ޤަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ގޯތީގެ ވެރިފަރާތުން ކުރަންޖެހޭ ކަމެކެވެ. އަދި ރަށުގެ ޢާންމު ސާފުތާހިރު ކަމަށް މުޙިއްމު ކަމެއްވެސް މެއެވެ. އެގޮތުން، ރަށުތެރެ ސާފު ތާހިރުކޮށް ބެލެހެއްޓުމުގެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދިރިއުޅޭ ގޯތިތަކާއި، މީހުން ދިރިނޫޅޭ ފަޅު ގޯތިތަކުގެ މަގުމަތި ކުނިހަކައި ސާފުކޮށް ބެލެހެއްޓުމަށް، ގޯތިތަކުގެ ވެރިންނަށް ވާނީ އެކިފަހަރުމަތީން އެންގިފައެވެ. އެހެންނަމަވެސް، އަދިވެސް އެކަމަށް އެދެވޭ އިޖާބައެއް ދެވިފައިނުވާތީ، މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި މަގުފަޅި ސާފުކުރުމަށް އަންގަމެވެ.

އަދި މިމުއްދަތުގެ ތެރޭގައި ސާފު ނުކުރާ ގޯތިތައް މަގުމަތި ކުނިކެހުމުގެ ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ހ) ގެދަށުން -/500 ރުފިޔާއިން ޖުރިމަނާ ކުރާނެވާހަކަ ދަންނަވަމެވެ. 

              23 މުޙައްރަމް 1445

10 އޮގަސްޓް 2023