ދިވެހިރާއްޖެ
މިކައުންސިލްގެ 2023 ވަނަ އަހަރުގެ މަސައްކަތު ތާވަލްގައިވާ ގޮތުގެމަތިން، މިއަތޮޅުގެ ކުލަބް / ޖަމްޢިއްޔާތަކުން އަތޮޅުގެ ރަށްރަށުގައި ހިންގާ މުޖުތަމައުއާ ގުޅުންހުރި
އެކިއެކި މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މާލީ އެހީގެ ގޮތުގައި މިއަހަރު ކުލަބް / ޖަމްޢިއްޔާ ތަކަށް ދޫކުރުމަށް ހަމަޖެހެހިފައިވަނީ ޖުމްލަ -/100,000ރ (އެއްލައްކަ ރުފިޔާ) އެވެ. މާލީ އެހީ ދިނުމަށް
ހަމަޖެހިފައިވަނީ މުޖުތަމައަށް ފައިދާވާގޮތަށް ކުލަބް / ޖަމްޢިއްޔާތަކުން ހިންގާ މަޝްރޫޢުތަކަށެއެވެ. މިއަހަރު އެހީދިނުމަށް ހަމަޖެހިފައިވަނީ އެންމެ ރަގަޅު ހުށަހެޅުމެއް
ހުށަހަޅާ 2 ކުލަބް ޖަމްޢިއްޔާއަކަށެވެ. މިގޮތުން ޖަމްޢިއްޔާއަކަށް ދެވޭނީ ގިނަވެގެން /-50،000ރ (ފަންސާސް ހާސް ރުފިޔާ)އެވެ.
ވީމާ، މި އެހީއަށް އެދި ހުށަހަޅަން ބޭނުންވާ މި އަތޮޅުގެ ކުލަބް / ޖަމްޢިއްޔާތަކުން "ކުލަބް / ޖަމްޢިއްޔާތަކުން ހިންގާ މަޝްރޫޢުތަކަށް ފައިސާގެ އެހީ ހޯދުމަށް ހުށަހަޅާ
ފޯމު" ފުރިހަމަ ކުރުމަށްފަހު، ބޭނުންވާ ލިޔެކިޔުމާއި އެކު 2023 އޮގަސްޓް 27 ވަނަ ދުވަހުގެ 12:00ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް
ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އެހީއަށް އެދި ހުށަހަޅާ ފޯމާއި، އެހީ ދިނުމުގެ އުސޫލު މި އިޢުލާނާއެކު އާންމުކުރީމެވެ.