ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)475-HR/475/2023/157
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި: 17 އޮގަސްޓް 2023 12:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލެކްޗަރަރ ކަމް ޓެކްނީޝަން (ހއ.އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓް / ހއ.ދިއްދޫ)

އިޢުލާން

މިމިނިސްޓްރީގެ ޕީ.އެސް.އައި.ޕީ  ގެ ދަށުން ހއ.ދިއްދޫގައި ޤާއިމް ކުރެވޭ ހއ.އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓް (ދިއްދޫ ޖޫނިއަރ ކޮލެޖް) އަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒިފުން ބޭނުއްވެއްޖެއެވެ.

މަޤާމު:

ލެކްޗަރަރ ކަމް ޓެކްނީޝަން

ބޭނުންވާ އަދަދު:

1

 

ވަޒީފާ އަދާކުރާ އޮފީސް:

ހއ.އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓް (ހއ.ދިއްދޫ)

ދާއިރާ:

އިލެކްޓްރިކަލް/މެއިންޓެނަންސް/އެއަރކޮންޑިޝަނިންގް އެންޑް ރެފްރިޖަރޭޝަން

މަޤާމުގެ ރޭންކް

ރޭންކް 8 ބީ – ސްޓެޕް 1

އަސާސީ މުސާރަ:

މަހަކު  17,808.00 ރުފިޔާ

ޖޮބް އެލަވަންސް:

މަހަކު  8,311.00 ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް (1 އަހަރު)

ޙާޟިރީ ޢިނާޔަތް:

-/225 ރުފިޔާ ޙާޟިރުވާ ދުވަހަކަށް

އިނާޔަޔްތައް:

ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

ސްޓާރފް ޑިވެލޮޕްމަންޓް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުޞަތުތައް

ސްޓާފް އެސިސްޓަންސް ޕްރޮގްރާމްތައް

މަގާމުގެ ޝަރުތުތައް:

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި މަގާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

   ނުވަތަ

 2. މަގާމުގެ މަސްއޫލިއްޔަތު ހިމެނޭ ފަންނުގެ ދާއިރާގައި މަދުވެގެން 10 އަހަރުގެ އަމަލީ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، އެފަންނެއް އުނގަންނައިދެވޭނެ ޤާބިލްކަން ހުރިކަން ސާބިތުކޮށް ދިނުން

މަޤާމުގެ ވަޒީފާ/މަސައްކަތުގެ، ގުޅޭ ވަޒީފާގެ ދާއިރާތައް:

ހަޔަރ އެޑިއުކޭޝަން، އެޑިއުކޭޝަން،

މަޤާމުގެ ދާއިރާއިން ވޮކޭޝަނަލް އެޑިއުކޭޝަން ޓެކްނިކަލް/އިލެކްޓްރިކަލް އެންޖިނިއަރިންގް

ތަޢުލީމީ ރޮނގުތައް:

އިލެކްޓްރިކަލް އެންޖިނިއަރިންގް، ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގް

ޕްރިފަރޑް ޑިސިޕްލިންތައް:

ޓެކްނިކަލް ވޮކޭޝަނަލް

 ކޯ ޑިސިޕްލިންތައް:

އިލެކްޓްރިކަލް އެންޖިނިއަރިންގް، ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގް

މަޤާމުގެ މަސްއޫލިއްޔަތު:

ކިޔަވާދިނުމާ ގުޅޭ މަސައްކަތް

  1. ސެމިސްޓާރ ފެށުމުގެ ކުރިން ކިޔަވައިދެއްވާ މާއްދާތަކުގެ އައުޓްލައިނާއި މެޓީރިއަލް އަދި އެސައިންމަންޓްސް ތައްޔާރުކޮށް ކެމްޕަސް މެނޭޖަރަށް ހުށަހަޅައި އެޕްރޫވް ކުރުން
  2. ކަނޑައެޅިފައިވާ ޓައިމްޓޭބަލްގައިވާ ގޮތުގެ މަތީން ކިޔަވައިދިނުމާއި،(ހަފްތާއަކު ގިނަވެގެން 40ގަޑި) ދަރިވަރުންގެ ފެންވަރު ވަޒަން ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ދަރިވަރުންގެ ރެކޯޑްތައް ބަލަހައްޓައި، ފީޑްބެކް ދިނުން

  3. ޤައުމީ ބޭނުންތަކަށް ބަލާ ވަޒީފާގެ ބާޒާރަށާއި އިންޑަސްޓްރީތަކަށް  އަންނަ ބަދަލުތަކަށް ބަލައި އައު ކޯސްތަކާއި އައު މުޤައްރަރުތައް ފަރުމާކުރުމާއި ބޭނުންކުރާ މުޤައްރަރުތައް އިޞްލާޙުކުރުމުގައި އިސްނެގުން.

  4. ލެކްޗަރތަކާއި، ޓިއުޓޯރިއަލްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވޯރކްޝޮޕްތަކާއި އަދި ދަރިވަރުންގެ ފީލްޑް ވިޒިޓްތައް ފަދަ ކަންކަން ރާވާ ހިންގުން                                                      

  5. ޒަމާނަށް އެކަށޭނެ އުގަންނައިދިނުމުގެ ގޮތްތައް ބޭނުންކުރުމާއި، ދަރިވަރުން ބައިވެރިކޮށްގެން ކިޔަވައިދިނުން.

  6. މުޤައްރަރާއި، ކޯހުގެ ކޮންޓެންޓާއި، ކޯހުގެ މެޓީރިއަލް އަދި ކިޔަވައިދިނުމުގެ އުސޫލުތައް ރާވައި، އިވެލުއޭޓްކޮށް، އިސްލާހުކުރުމުގައި އިސްނެގުން.    

  7. ކިޔަވައިދިނުމަށް ބޭނުންވާ ލެސަން ޕްލޭން، ހެދުމާއި ޓީޗިންގ ލާރނިންގ މެޓީރިއަލްސް ތައްޔާރުކޮށް ދަރިވަރުންނަށް ފޯރުކޮށްދިނުމާއި، ދަރިވަރުންގެ ރެކޯޑްތައް ބަލަހައްޓައި، ފީޑްބެކް ދިނުން

  8. ކިޔަވައިދެއްވާ މާއްދާ(ތަކަށް) ގެންނަންޖެހޭ ބަދަލުތައް މެނޭޖްމަންޓްގެ މަޝްވަރާއާއި އެކު  ގެނައުމާއި، ޢިލްމީ އަދި ފަންނީ ޤާބިލްކަން ކުރިއަރުވާ ތަރައްޤީ ކުރުމަށްޓަކައި، ދިރާސާތައް ކުރުމާއި ޝާއިޢުކުރުމަށް މަސައްކަތްކުރުން.

  9. ސެމިސްޓަރ ފެށުމުގެ ކުރިން މާއްދާގެ އައުޓްލައިން އާއި މެޓީރިއަލްތައް ދަރިވަރުންނަށް ފޯރުކޮށްދިނުމާއި ކިޔަވައިދޭ މާއްދާތަކުގެ މެޓީރިއަލްތައް ފަހުގެ ބަދަލުތަކާ އެއްގޮތަށް އަދާ ހަމަކުރުން.

  10. އިންސްޓިޓިއުޓް ފަރާތުން ހިންގާ ޕްރޮގުރާމްތައް މާކެޓްކުރުމާއި، ކޯސްތަކަށް ބޭނުންވާ ދަރިވަރުން ހޯދުމުގައި އެއްބާރުލުން ދިނުން.

  11. މާއްދާތަކުގެ އިމްތިޚާން ކަރުދާސް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އިސްވެރިޔާއާ ހަވާލުކުރުން އަދި އިމްތިޚާނަށްފަހު ޙަވާލުކުރެވޭ ޕޭޕަރުތައް ކަނޑައެޅިފައިވާ މުއްދަތުގައި މާކުކޮށް މާކުސް ޝީޓުތައް އިސްވެރިޔާއަށް ފޮނުވައި މާކުސްތައް ކަނޑައެޅިފައިވާ އުސޫލުން ޕަބްލިޝްކުރުން

  12. އިންސްޓިޓިއުޓްގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި، އިންސްޓިޓިއުޓުން ރާވައި، ހިންގާ ޙަރަކާއްތަކުގައި އެއްބާރުލުން ދިނުމާއި، ޙަވާލުކުރެވޭ މަސައްކަތް ކުރުން

  13. ދާއިރާއިން ކިޔަވައިދިނުމަށް ބޭނުންވާ ވަސީލައްތައް ހޯދައި، ބެލެހެއްޓުމުގައި އެއްބާރުލުން ދިނުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން އަދި ކިޔަވައިދޭ މާއްދާއަށް ބޭނުންވާ މެޓީރިއަލްތަކުގެ ލިސްޓް ދުރާލާ ޕްރޮކިއުމަންޓް ސެކްޝަނަށް ހަވާލުކުރުން

  14. މާއްދާތަކުގެ ނުވަތަ ކޯސް ކޯޑިނޭޓްކުރުމުގެ ޒިންމާ ޙަވާލުކުރެވިއްޖެނަމަ އެ ދާއިރާތަކުގައި ކިޔަވައިދިނުމަށް ބޭނުންވާ އެންމެހައި ކަންކަން ރާވާ ހިންގުމާއި، ކިޔަވަދެވޭ ފެންވަރު ބެލުމާއި އަދި ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ދެވޭނެ ގޮތް ހަމަޖެއްސުން

  15. ފަންނީ މުވައްޒަފުންގެ ބައްދަލުވުންތަކާއި މާއްދާތަކުގެ ޕެނަލްތައް ފަދަ އެކިއެކި ބައްދަލުވުންތަކާއި އެފަދަ އެހެނިހެން ޙަރަކާތްތަކުގައި ބައިވެރިވެ ޙަވާލުކުރެވޭ މަސައްކަތްތައް ފުރިހަމަކުރުން

  16. އިންސްޓިޓިއުޓުގެ ފުލްޓައިމް އަދި ޕާޓް-ޓައިމް ދާރިސުން ތައްޔާރުކުރާ އިމްތިޙާން ކަރުދާސްތަކާއި އެސެސްމަންޓްތައް ރިވިއުކުރުމަށް ހަވާލުކުރެވިއްޖެނަމަ އެކަން ކުރުން.

  17. އިންސްޓިޓިއުޓްގެ ކަންކަން ރަނގަޅުކުރުމަށް ހިންގާ ޙަރަކާތްތަކުގެ ތެރެއިން ޙަވާލުކުރެވޭ މަސައްކަތްކުރުމާއި ފެކަލްޓީގެ އެހެން މުވައްޒަފުންނާ ގުޅިގެން އެކުވެރި ކަމާއި އަދި "ކޯޑް އޮފް ކޮންޑަކްޓް" އާއި އެއްގޮތަށް ޕްރޮފެޝަނަލް ކޮށް މަސައްކަތްކުރުން

 އިދާރީ އަދި އެހެނިހެން މަސައްކަތް

  1. ކިޔަވައިދޭ މާއްދާތަކުގެ ދަރިވަރުންގެ ހާޒިރީގެ ރެކޯޑްތަކާއި، ގްރޭޑްތަކާއި، އަދި އެހެނިހެން މަޢުލޫމާތުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

  2. ހަވާލުކުރެވޭ މާއްދާތަކުގެ މާކުސް ޝީޓުތައް ތައްޔާރުކޮށް މާކުސްތައް ދަރިވަރުންގެ ޑާޓާބޭހަށް އެޅުން.

  3. ކިޔަވައިދޭ މާއްދާތަކާ ގުޅޭ އިދާރީ މަސައްކަތްކުރުމާއި ދަރިވަރުންގެ ކިޔެވުމާ ގުޅޭ ލަރނިން މެނޭޖްމަންޓް ސިސްޓަމްގެ މަސައްކަތްތައް ކުރުން.

  4. ހަވާލުކުރެވޭ މާއްދާތަކާއި ކޯސްތައް އިންސްޓިޓިއުޓުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ކޯޑިނޭޓްކުރުން.

  5. ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ދަރިވަރުންނާއި ޤަވާއިދުން މުޢާމަލާތުކުރުމާއި ދަރިވަރުންނަށް ގަވާއިދުން ޖަވާބުދިނުމާއި ކިޔެވުމާގުޅޭ ކަންކަމުގައި މަޝްވަރާކުރުމަށް ދަރިވަރުންނަށް ކުލާހުގެ ބޭރުން ވަގުތުދިނުން.

  6. އިންސްޓިޓިއުޓުގެ ކަރަންޓު މައްސަލަތައް ޙައްލުކޮށްދިނުމާއި، އިންސްޓިޓިއުޓުގެ ކަރަންޓާއިގުޅޭ އެކިއެކި ކަންކަން ކޮށްދިނުން.

  7. އިންސްޓިޓިއުޓުގެ އެއަރކޮންޑިޝަންތައް ސާވިސްކުރުމާއި، ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކޮށްދިނުން

  8. އިންސްޓިޓިއުޓުގައި ކިޔަވައި ދިނުމަށް ބޭނުންކުރާ އެކިއެކި މެޝިނެރީޒް އިންސްޓޯލް ކުރުމާއި، ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުމުގައި އެހީތެރިވެދިނުން

  9. އިންސްޓިޓިއުޓުގެ އެކިއެކި ޓެކްނިކަލް ކަންކަމުގައި އެހީތެރިވެދިނުން.

  10. އިންސްޓިޓިއުޓުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި  އިންސްޓިޓިއުޓުން ހިންގުމުގެ އެކި ކަންކަމުގައި    އިސްނަގައި ބައިވެރިވުމާއި ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމަކުރުން.

  11. ކިޔަވައިދިނުމުގެ އިތުރުން އިންސްޓިޓިއުޓާ ގުޅުންހުރި ފަންނީ އަދި އިޖުތިމާއީ ޙަރަކާތްތަކުގައި       ބައިވެރިވުން.

  12. އަލަށް ގުޅޭ މުވައްޒަފުން މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުމުގައި އެހީތެރިވެދިނުން.

  13. ކޯސްތަކާއި ގުޅޭ މަޢުލޫމާތު އަދާހަމަކޮށް، މާކެޓިން މެޓީރިއަލް ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމާތު އަދާ ހަމަކޮށް ހިއްސާކުރުމާއި، ކޯސްތައް އިސްތިހާރުކުރުމާއި، މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތުގައި އަދި އެފަދަ ހަރަކާތްތަކުގައި ބައިވެރިވުން.

  14. ޑިޕާޓްމަންޓް ހެޑްގެ މަގާމު ހަވާލުކުރެވިއްޖެނަމަ އެކަމާ ގުޅޭ އިދާރީ މަސައްކަތްތައް ކުރުން.

  15. ކިޔަވައިދިނުން ފުރިހަމަ ކުރުމަށްޓަކައި ޓެކްސްޓް ފޮތްތަކާއި، ސޮފްޓްވެއަރތަކާއި، ބޭނުންވާނެ   އިކުއިޕްމަންޓް، އަދި އެނޫންވެސް އުނގަންނައިދިނުމަށް ބޭނުންކުރަންޖެހޭ ވަޞީލަތްތައް ދިރާސާކޮށް، ހޯދައި   ރެކޮމެންޑްކުރުން

  16. އިންސްޓިޓިއުޓުގެ އެހެން މުވައްޒަފުންނާ ގުޅިގެން އެކުވެރި ކަމާއި އެކު މަސައްކަތްކުރުން.

  17. "ކޯޑް އޮފް ކޮންޑަކްޓް" އަށް ޙުރުމަތްތެރިކޮށްހިތުމާއި ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުން.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދިހުށަހަޅާ ސިޓީ
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އެސަސްމަންޓް ހަދައިގެން.
  • ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

އަސާސީ ޝަރުޠު ހަމަވުމުން

40

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމެންޓް 2 - ޕްރެޒެންޓޭޝަން / ޕްރެކްޓިކަލް

20

އިންޓަރވިއު

35

 

 

 

 

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި 10 ފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ، މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް ޝޯޓްލިސްޓުކުރެވޭނެއެވެ.

އެސެސްމެންޓް އަށް ޝޯޓްލިސްޓުކުރެވޭ ފަރާތްތަކުގެ ތެރެއިން އެސެސްމަންޓް އިން އެންމެ މަތިން ޕޮއިންޓު ލިބޭ 5 ފަރާތް އިންޓަވިއުއަށް ޝޯޓްލިސްޓުކުރެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

17 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނަށް ނުވަތަ އީމެއިލް ޒަރިއާއިން [email protected]  އަށް މެއިލް ކުރުން އެދެމެވެ.

އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމެންޓް، އޮންނާނ 20 އޮގަސްޓު 2023 އާއި 31 އޯގަސްޓް 2023 އާ ދެމެދުއެވެ. އިންޓަވިއު އަދި އެސެސްމެންޓް އޮންނާނީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ސަމާލުކަމަށް:

 

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް މިނިސްޓްރީން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަނަވަރުގައި ބަޔާންކޮށްފައިވާ ތަޖުރިބާގެ މުއްދަތު ކަށަވަރުކޮށް ގުނައިދެވޭނީ ހުށަހަޅާފައިވާ ވަޒީފާއަދާކުރާ ކަމުގެ ނުވަތަ ކުރިކަމުގެ ލިޔުމުގައިވާ މުއްދަތުތަކަށް ބިނާކޮށްކަމުން، ހުށަހަޅާ ވަޒީފާއަދާކުރާކަމުގެ ނުވަތަ ކުރިކަމުގެ ލިޔުންތަކުގައި މި މަޢުލޫމާތު ފުރިހަމަ ނުވާނަމަ މުއްދަތު ކަށަވަރު ނުކުރެވޭނެއެވެ.
  • އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮއްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާއެވެ. 
  • ހުށަހަޅަންޖެހޭ މަޢުލޫމާތުތަކާއި ލިޔެކިއުންތައް ފުރިހަމަ ނޫން އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިންޓަވިއުއަށް ހާޒިރު ވުމަށް ޝޯޓްލިސްޓް ކުރެވޭނީ މަގާމަށް ކެންޑިޑޭޓަކު ހޮވުމަށް ބޭއްވޭ އިމްތިޙާނާއި ޕްރެޒެންޓޭޝަން މަރުޙަލާ ފުރިހަމަކުރާ ފަރާތްތަކަށެވެ. 
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
10 އޮގަސްޓް 2023