ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-SHRD/IUL/2015/11
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 16:54
ސުންގަޑި: 22 ފެބުރުވަރީ 2015 14:00
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ކޮންސަލްޓެންޓަކު ހޯދުން

ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް ކޮންސަލްޓަންޓަކު ހޯދުން

ދިވެހި ސިވިލް ސަރވިސްގެ އިންސާނީ ވަސީލަތް ހަރުދަނާކޮށް ލާމަރުކަޒީކުރުމުގެ މަސައްކަތް އަވަސްކުރުމަށް މިހާރު ޢަމަލުކުރަމުންދާ ނިޒާމަށް ގެންނަންޖެހޭ ބަދަލު ގެނައުމަށް ކޮންސަލްޓެންޓަކު ބޭނުންވެއެވެ.

  1. މަޤާމުގެ ނަން:          އެޗް.އާރް ކޮންސަލްޓެންޓް
  2. ބޭނުންވާ ޢަދަދު:         01
  3. އުޖޫރަ (މަހަކަށް)       -/25000ރ (ފަންސަވީސްހާސް ރުފިޔާ)
  4. މަސައްކަތުގެ ވަގުތު:      ދުވާލަކު 7 ގަޑިއިރު (މަޤާމަށް އައްޔަންކުރެވޭ ފަރާތަށް ފްލެކްސިބަލް ގަޑިތަކެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ދެވޭނެއެވެ.)
  1. މުއްދަތު:            6 މަސް ދުވަސް (ނުވަތަ މަސައްކަތް ނިމެންދެން)
  2. ފެންވަރު ނުވަތަ ޝަރުޠު:

- ކުރަންޖެހޭ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

- ކުރަންޖެހޭ މަސައްކަތުގެ ދާއިރާގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

- ދިރާސާކުރުމުގެ ގާބިލްކަމާއި މިފަދަ މަސައްކަތް ހިންގުމުގެ ތަޖުރިބާ ހުރުން.

ކުރަންޖެހޭ މަސައްކަތާ ބެހޭ މަޢުލޫމާތު:

1. މެރިޓް އުސޫލުން ދިވެހި ސިވިލް ސަރވިސްއަށް މީހުން ހޯދުމަށް ބޭނުންވާ ސިޔާސަތު އެކުލަވައިލުން. އެގޮތުން:

     ހ. މެރިޓް އުސޫލުން ދިވެހި ސިވިލް ސަރވިސްއަށް މީހުން ހޯދުމަށް ބޭނުންވާ ސިޔާސަތު ކަރުދާސް އެކުލަވައިލައި ކޮމިޝަނުން ފާސްކުރުން.

     ށ. މެރިޓް އުސޫލުން ދިވެހި ސިވިލް ސަރވިސްއަށް މީހުން ހޯދައި ޢައްޔަންކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންތައްތައް ހައްލުކުރެވޭނެ ގޮތްތައް ކޮމިޝަނަށް ހުށަހެޅުން.

     ނ. މެރިޓް އުސޫލުން ދިވެހި ސިވިލް ސަރވިސްއަށް މީހުން ހޯދުމަށް ބޭނުންވާ ޕްރޮސެސްތައް އެކަށައަޅައި ކޮމިޝަނުން ފާސްކުރުން.

2. ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއާ ގުޅޭ މަސައްކަތްތައް ޑީސެންޓްރަލައިޒްކޮށް، ވަޒީފާއަށް މީހުން ހޮވުމާއި ހަމަޖެއްސުމުގެ މަސައްކަތް އިދާރާތަކާ ހަވާލުކުރުމުގެ މަސައްކަތް ހިންގައި ނިންމުން.

3. ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް މެރިޓް އުސޫލުން މީހުން ހޮވުމާއި ޢައްޔަންކުރުމުގެ އުސޫލަށް ގެންނަންޖެހޭ ބަދަލު ގެނައުން. އަދި މި މަސައްކަތާގުޅޭ ޓޫލްސް، ޗެކްލިސްޓް ތައްޔާރުކުރުން.

4. ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތައް، އެވަޒީފާއަކަށް ޤާބިލުކަން ދެނެގަތުމަށް ބޭނުންވާ އިމްތިޙާނު ދޭނެގޮތާއި އިމްތިޙާނުގައި ހިމަނާނެ ބައިތަކުގެ ހުށަހެޅުމެއް ތައްޔާރުކޮށް ކޮމިޝަނަށް ހުށަހަޅައި ފާސްކުރުން.

5. ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ ޤާބިލު މުވައްޒަފު ހޮވުމަށް އިންޓަވިއު ކުރާނެގޮތުގެ ގައިޑްލައިނެއް އެކުލަވައިލުން.

މި މަސައްކަތްކުރާނެ ފަރާތެއް ހޮވުން:

މަތީގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި މަސައްކަތް ކުރުމަށް ހަވާލުކުރާ ފަރާތެއް ހޮވާނީ، މި މަސައްކަތްކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކާއެކު ކުރެވޭ އިންޓަވިއުތަކާއި ގާބިލްކަން ވަޒަންކުރުމަށް ކުރެވޭ އެސެސްމަންޓްތަކުގެ ނަތީޖާއަށް ބަލައިގެންނެވެ. މި ގޮތުން މީހަކު ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލޭނެއެވެ.

  1. ތަޢުލީމީ ފެންވަރު - %20
  2. މަސައްކަތުގެ ތަޖުރިބާ -
  3. ގާބިލްކަން ހުރި މިންވަރު (އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލްސް) - %70

މި ކަމަށް އެދޭ މަތީގައި ބަޔާންކޮށްފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 22 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި މަސައްކަތް ކޮށްދިނުމަށް އެދި ވަނަވަރާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ތަޖުރިބާ ބަޔާންކުރާ ލިޔުންތަކާއެކު ސިޓީއަކުން މި ކޮމިޝަނަށް (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން އެދެމެވެ.

22 ރަބީޢުލްއާޚިރު 1436

08 ފެބުރުވަރީ 2015