ދިވެހިރާއްޖެ
ހދ. ކުރިނބީ ކައުންސިލުގެ އައު އިމާރާތް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ރަޖިސްޓްރީ ކުރުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މި މަސައްކަތުގެ ބީލަން ފޮތް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ވާނެއެވެ. އަދި މިކައުންސިލާ ގުޅުއްވުމުން ވެސް ބޭނުންވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ޑޮކިއުމަންޓް ފޯރުކޮށް ދެވޭނެއެވެ.
ބީލަން ރަޖިސްޓްރީ ކުރުން
ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 14 އޯގަސްޓް 2023 ވާ ހޯމަ ދުވަހުގެ ނިޔަލަށް މިކައުންސިލުގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރީކުރާނީ އޮންލައިން ފޯމު (https://forms.gle/prBusMafxQUTbLgA6) މެދުވެރިކޮށެވެ.
ބީލަން ހުށައެޅުމާއި ބީލަން ކެނޑުން
ބީލަން ހުށައެޅުމާއި ބީލަން ކެނޑުމަށް ހަމަޖެހިފައިވަނީ 17 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލުގެ އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ކަނޑާނީ، މި މަސައްކަތަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތްތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައި، ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާގައެވެ.
އިތުރު މައުލޫމާތު ސާފުކުރުމަށް މި އިދާރާގެ އީމެއިލް ([email protected]) ނުވަތަ ފޯނު (6520036) ބޭނުންކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.