ދިވެހިރާއްޖެ
ހިތަދޫ ޕޯޓް ލިމިޓެޑް
ސ.ހިތަދޫ، ދިވެހިރާއްޖެ
އިޢުލާން
ނަންބަރު: HPL/ I-2023/06
މި ކުންފުނީގެ މިދަންނަވާ މަޤާމަށް ވަގުތީ މުވައްޒަފުން ނަގަން ބޭނުންވެއްޖެއެވެ.
- މަޤާމް: ލޭބަރ
އަސާސީ މުސާރަ: ދުވަހު މުސާރަ، ދުވާލަކަށް 400/-
މުއްދަތު: (06 މަސް)
ބޭނުންވާ ޢަދަދު: 10
ފެންވަރު ނުވަތަ ޝަރުތު (ތަޢުލީމާއި ތަޖުރިބާ):
- ލިޔަންކިޔަން ދަންނަ މީހެއްކަމުގައިވުން
- ޢުމުރުން 50 އަހަރު ނުވާ ފުރިހަމަ ސިއްހަތެއްގައި ހުރި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.
މަސައްކަތުގެ ގަޑި: ސަރުކާރު އަދި ޕޯޓް ބަންދު ނޫންކޮއްމެ ދުވަހެއްގެ ހެނދުނު 07:30 އިން 15:30އަށް.
އިތުރުމަޢުލޫމާތު: މިމަޤާމަށް ހޮވޭ ފަރާތްތަކުގެ ކުށުގެ ރެކޯޑްޗެކްކުރެވި، ވަޒީފާއަށް ނެގޭނީ ކުށުގެ ރެކޯޑްނެތް ބޭފުޅުންކަމުގައި ދަންނަވަމެވެ.
ސިޓީ ފޮނުއްވުމުގެ މުއްދަތަކީ 16 އޮގަސްޓް 2023 ގެ 14:00 ކުރިންނެވެ. ސިޓީ ހުށަހަޅުއްވާއިރު ވަޒީފާއަށް އެދޭ ފަރާތުގެ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީއާއި، އެދޭ މަޤާމް ސާފުކޮށް އެގޭނެހެން ސިޓީއާއި، ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް ރަނގަޅަށް އެނގޭގޮތަށް) ހުށަހަޅުއްވަންވާނެއެވެ. ކުރިން އެހެން ވަޒީފާއެއް އަދާކޮށްފައިވާ ނަމަ އެތަނަކާއި، އުޅެފައިވާ މުއްދަތު އަދި މަޤާމް އެގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށައަޅާ ލިޔެކިޔުންތައް ބަލައިގަންނާނީ އީމެއިލް އިންނެވެ. އީމެއިލް އިން ލިޔެކިޔުންތައް ފޮނުވަންވާނީ މިކުންފުނީގެ އެޗް-އާރް މެއިލް [email protected] އަށެވެ. އީމޭލް ފޮނުވާއިރު ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ. ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުތުހަމަވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 8558 688 އަށް ގުޅުއްވުން އެދެމެވެ.
22 މުޙައްރަމް 1445