ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/421/2023/39 |
ތާރީޚް |
22 މުޙައްރަމް 1445 |
|
09 އޮގަސްޓް 2023 |
އަންދާސީހިސާބު ބޭނުންވެއްޖެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީއިން ގދ.ވާދޫގައި އެޅުމަށް ހަމަ ޖެހިފައިވާ އައުޓްޑޯ ވޮލީ ކޯޓު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، ކުރެހުން އަދި ބީ.އޯ.ކިއު މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން [email protected] އަށް އީ-މެއިލްގެ ޒަރިއްޔާއިން ނުވަތަ 6840005 ނަންބަރ ފޯނަށް ގުޅުއްވައިގެން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު، ބަޔާންކޮށްފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ވުމަށްޓަކައި، ކުންފުނި/ވިޔަފާރީގެ ނަން، މަސްޢޫލުވާ ފަރާތް، ގުޅޭނެ ފޯން ނަމްބަރ އަދި އީ-މެއިލް އެޑްރެސް ހުށައަޅަންވާނެއެވެ.
މިބީލަމުގައި ބައިވެރިވެވޭނީ ޤާނޫން ނަންބަރ 2014/18 ގެދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކާއި، ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.
ތަފްސީލް |
ތާރީޚް |
ދުވަސް |
ގަޑި |
ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި |
16/08/2023 |
ބުދަ |
13:00 |
އަންދާސީ ހިސާބު ހުށައެޅުމުގެ ސުންގަޑި |
20/08/2023 |
އާދީއްތަ |
13:00 |