ތަމްރީނު
ނަންބަރު: (IUL) 166 - Schol /166 /2015/19
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 16:15
ސުންގަޑި: 19 ފެބުރުވަރީ 2015 20:00
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑިސެންބަރު 2014 ގައި އިޢުލާން ކުރެވުނު ލޯން ސްކީމްތަކާ ބެހޭ

ޓާރޝަރީ ސްޓޫޑަންޓް ލޯން ސްކީމް (ފުލްފަންޑިންގ) – ޑިސެންބަރު 2014 އަދި ނެޝަނަލް ސުޓޫޑަންޓް ލޯން ސްކީމް (އޮންގޮއިންގ) ޑިސެންބަރު 2014 ގެ ދަށުން ލޯނުއެހީ ދޫކުރުމަށް ހޮވިފައިވާ ދަރިވަރުންގެ ނަންތައް މިޑިޕާޓްމެންޓްގެ ވެބްސައިޓް www.dhe.gov.mv ގައި އަޕްލޯޑްކުރެވިފައިވާނެއެވެ. ލޯނު އެހީ ލިބޭކަމުގެ ލިޔުން ޙަވާލުކުރުން އޮންނާނީ 19 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 20:00 ގައި ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ހޯލުގައެވެ.

ވީމާ، މިލިޔުމާ ހަވާލުވުމަށް ލޯނު އެހީ ލިބޭ ދަރިވަރު ހާޒިރުވުން އެދެމެވެ. ދަރިވަރަށް ހާޒިރުވެވެން ނެތްނަމަ ބަދަލުގައި އެހެން ބޭފުޅަކު ހާޒިރުވުން އެދެމެވެ. ލިޔުމާ ހަވާލުވާން ހާޒިރުވާއިރު ކެންޑިޑޭޓުންނަށް ދޫކުރެވިފައިވާ ސްލިޕްކޮޅު ގެންނެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341388, 3341376 ، 3341381 އާ ގުޅުއްވުން އެދެމެވެ.

 

16 ފެބުރުވަރީ 2015