ބީލަން
ނަންބަރު: (IUL)360/360/2023/39
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 22 އޮގަސްޓް 2023 00:00
ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވ.ކެޔޮދޫ ބަނދަރުގައި ހަދަންފަށާފައިވާ ފާލަން ހިޔާކުރުން

 

ވ. ކެޔޮދޫ ބަނދަރުގައި ހަދަންފަށާފައިވާ ފާލަން، ހިޔާކުރުމުގެ މަސައްކަތް މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު (IUL)360/360/2023/33 ނަމްބަރު އިއުލާނާގުޅިގެން އެއްވެސްފަރާތަކުން ކުރިމަތިލާފާއި ނުވާތީ އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.

          ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، ބީލަމުގައި ރަޖިސްޓްރީވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

 

ތާރީޚް

ގަޑި

ތަން

 ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުން (ބީލަން ހުށަހެޅުމަށް ނަންނޯޓް ކުރުން)

16 އޮގަސްޓް 2023 (ބުދަ) ދުވަހުގެ ނިޔަލަށް

ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00

ރަޖިސްޓަރ ވުމަށް ދުރުވާނެ ތަން:

ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލް އިދާރާ  (އިޢުލާންގައިވާ މެއިލް މެދުވެރިކޮށް އޮންލައިކޮށްވެސް ރަޖިސްޓަރ ކުރެވިދާނެ

[email protected])

ބީލަން ހުށަހެޅުން

22 އޮގަސްޓް 2023

(އަންގާރަ)

13:00

ވ.ކެޔޮދޫ ކައުންސިލްގެ އިދާރާ، ވ.ކެޔޮދޫ، ދިވެހިރާއްޖެ

ބީލަން ހުޅުވުން

22 އޮގަސްޓް 2023

(އަންގާރަ)

13:00

ވ.ކެޔޮދޫ ކައުންސިލްގެ އިދާރާ، ވ.ކެޔޮދޫ، ދިވެހިރާއްޖެ

 

 

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުމަށް ހުށަހަޅާ ފަރާތުގެ ނަން، ރަޖިސްޓްރީ ނަމްބަރު، ފޯނު ނަމްބަރު އަދި އީމެއިލް އެޑްރެސް މިކައުންސިލަށް ހިއްސާ ކުރަންވާނެއެވެ. ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓްރީކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ބީލަމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމަށް ދެވިފައިވާ ގަޑީގެ ފަހުން އެދިވަޑައިގަންނަވާ އެއްވެސް ފަރާތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

ބީލަން ހުށަހަޅާނީ، މި އިދާރާއިން މި މަސައްކަތްތައް ކަނޑައަޅާފައިވާ، އަންދާސީ ހިސާބު ހުށަހަޅާ ފޯމުންނެވެ. ފޯމް މި އިދާރާއން ލިބެން ހުންނާނެއެވެ.

ބީލަން ހުށަހެޅުމަށް ހަމަޖައްސާފައިވާ ތާރީޚު އެއްވެސް ސަބަބަކާއި ހުރެ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިނަމަ ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ ފުރަތަމަ ރަސްމީ ދުވަހުގެ މެންދުރުފަހު 13:00 ގައެވެ. ބީލަންތައް ކެނޑުން އޮންނާނީ އެ ދުވަހުގެ 13:00 ގައެވެ.

އީމެއިލް މެދުވެރިކޮށް ހުށަހަޅާ ބީލަންތައް އަދި އޮންލައިންކޮށް ސޯޝަލް މީޑިޔާގެ އެކި މަންސަތަށް ބޭނުންކޮށްގެން ހުށަހަޅާ ބީލަންތައް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

 

ނޯޓް: ބީލަން ހުޅުވާލެވިފައިވަނީ ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 

އިތުރު މަޢުލޫމާތު: 

ވ.ކެޔޮދޫ ކައުންސިލްގެ އިދާރާ، ވ.ކެޔޮދޫ، ދިވެހިރާއްޖެ

ފޯން: 6700601

އީމެއިލް: [email protected] 

09 އޮގަސްޓް 2023