ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2023/183
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 18 އޮގަސްޓް 2023 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 7/2010 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ) ޤާނޫނުގެ 107 ވަނަ މާއްދާގައި ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަހަރުގެ ދެވަނަ ބައްދަލުވުން ބާއްވާ ދުވަސް ކަނޑައެޅުން

ޤާނޫނު ނަންބަރު 7/2010 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ) ޤާނޫނުގެ 107 ވަނަ މާއްދާގައި ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަހަރުގެ ދެވަނަ ބައްދަލުވުން އޮގަސްޓް 17 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.   ވީމާ، މި ބައްދަލުވުމަށް މާލެ ސިޓީގެ ރައްޔިތުންނަށް ދައުވަތު އަރުވައި، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.   މާލޭ ސިޓީ ކައުންސިލްގެ 2023 ވަނަ އަހަރުގެ ބަޖެޓާއި ވޯކް ޕްލޭންގެ މައުލޫމާތު ކައުންސިލްގެ ވެބްސައިޓް https://malecity.gov.mv/ ގައި ޝާއިޢުކުރެވިފައިވާނެއެވެ.

09 އޮގަސްޓް 2023