ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މި އޭޖެންސީގެދަށުން ހުޅުމާލޭގައި ހުޅުވުމަށް ހަމަޖެހިފައިވާ ހާފްވޭ ހައުސްއަށް އެއަރކޮންޑިޝަން ސަޕްލައިކޮށްދީ، އެއަރކޮންޑިޝަންތައް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)434-A/1/2015/07) (ތާރީޚު:29 ޖަނަވަރީ 2015) އިޢުލާނަށް ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ތާރީޚު |
ދުވަސް |
ގަޑި |
|
މަޢުލޫމާތު ސާފުކުރުން |
22 ފެބުރުވަރީ 2015 |
އާދީއްތަ |
11:00 (މެންދުރުކުރި) |
އަންދާސީހިސާބު ހުށަހެޅުއްވުން |
26 ފެބުރުވަރީ 2015 |
ބުރާސްފަތި |
11:00 (މެންދުރުކުރި) |
25 ރަބީޢުލްއާޚިރު 1436