ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)160-A/1/2015/13
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 15:28
ސުންގަޑި: 23 ފެބުރުވަރީ 2015 14:00
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި އިދާރީ މަސައްކަތްކުރާނެ ރިސޯސް މުވައްޒަފަކު ބޭނުންވެއެވެ.

ޝަރުޠު:

1- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

އުޖޫރަ:   މަހަކު -/6000

މަސައްކަތްކުރަންޖެހޭ ވަގުތު:  ދުވާލަކު 8 ގަޑިއިރު

ބާވަތް:   ކޮންޓްރެކްޓް އުސޫލުން 2 އަހަރު ދުވަހަށް

ވީމާ، މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 23 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 14.00 ގެ ކުރިން ކީރިތި ޤުރްއާނާބެހޭ މަރުކަޒަށް ތަޢުލީމީ ސެޓްފިކެޓްގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއެކު ސިޓީފޮނުއްވުން އެދެމެވެ. މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

22 ރަބީޢުލްއާޚިރު 1436

12 ފެބުރުވަރީ 2015