ދިވެހިރާއްޖެ
އެކެޑެމިކް ސްޓްރީމްތަކަށް ވަނުމުގެ ޝަރުތުތައް:
2023 ވަނަ ދިރާސީ އަހަރު އައްޑޫ ހައި ސްކޫލުގެ ގްރޭޑް 11 އަށް ކުދިން ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
- 01 މެއި 2022 ގެ ފަހުން ބައިވެރިވެފައިވާ އެސް.އެސް.ސީ / ޖީ.ސީ.އީ އޯލެވެލް އަދި އައި.ޖީ.ސީ.އެސް.އީ އިމްތިހާނުން ޖުމްލަ 5 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބުން. (މީގެ ތެރޭގައި ދިވެހި ބަސް ނުވަތަ އިސްލާމިކް ސްޓަޑީޒް އާއި އެކު ކޮންމެވެސް 1 ސްޓްރީމެއްގެ މަދުވެގެން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބެން ވާނެއެވެ.)
- މިގޮތުން ބިޒްނަސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ އެކައުންޓިންގ، ކޮމާސް، ބިޒްނަސް ސްޓަޑީޒް، އިކޮނޮމިކްސް އަދި މެތެމެޓިކްސްއެވެ.
- ސައިންސް ސްޓްރީމްގެ މާއްދާ ކަމުގައި ބެލެވޭނީ ބަޔޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް، އަދި މެތެމެޓިކްސްއެވެ.
- އާޓްސް ސްޓްރީމްގެ މާއްދާކަމުގައި ބެލެވޭނީ ހިސްޓްރީއާއި ޖިއޮގްރަފީއެވެ. އާޓްސް ސްޓްރީމްގައި ފާސްވެފައިވަނީ ހިސްޓްރީއާއި ޖިއޮގްރަފީ ތެރެއިން 1 މާއްދާއިން ނަމަ، 2 ވަނަ މާއްދާއެއްގެ ގޮތުގައި އިންގްލިޝް ލެންގުއޭޖް، އިންގްލިޝް ލިޓްރޭޗަރ، އިކޮނޮމިކްސް ނުވަތަ މެތެމެޓިކްސް، މިއިން ކޮންމެވެސް 1 މާއްދާއެއް ބެލެވިދާނެއެވެ.
- ސައިންސް ސްޓްރީމް ހަދާފައިވާ ދަރިވަރަކަށް، އާޓްސް ނުވަތަ ކޮމާސް ސްޓްރީމް އޭލެވެލް ހެދުމުގެ ފުރުސަތު، އެދަރިވަރަކު ހަދާފައިވާ މާއްދާތަކަށް ބަލާފައި ދެވިދާނެއެވެ.
- ރާއްޖެއިން ބޭރުގައި ގްރޭޑް10 ނިންމާފައިވާ ދަރިވަރުން އެކުދިންގެ އެންމެ ފަހުން ނިންމި ސްކޫލްގެ މާކް ޝީޓް
ހުށަހެޅުމުން އެއަށް ބަލާފައި ޖާގަ ދެވޭނެއެވެ.
ޕިއާރސަން ބީޓެކް އިންޓަރނޭޝަނަލް ލެވެލް 3 ޑިޕްލޮމާ އަދި އެކްސްޓެންޑެޑް ޑިޕްލޮމާއަށް ވަނުމުގެ ޝަރުތުތައް:
- ޕިއާރސަން ބީޓެކް އިންޓަރނޭޝަނަލް ލެވެލް 2 ޑިޕްލޮމާ ކޯހަކުން ދަށްވެގެން "ޕާސް" ލިބިފައިވުން ނުވަތަ
- އައި.ޖީ.ސީ.އެސް.ސީ، ޖީ.ސީ.އީ އޯ-ލެވެލް އިމްތިޙާނާއި އެސް.އެސް.ސީ. އިމްތިޙާނުގެ ކޮންމެވެސް 4 މާއްދާއަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
- ރާއްޖެއިން ބޭރުގައި ގްރޭޑް 10އެއް ނިންމާފައިވާ ދަރިވަރުން އެކުދިންގެ އެންމެ ފަހަކަށް ނިންމި ސްކޫލްގެ މާކް ޝީޓް ހުށަހެޅުމުން އެއަށް ބަލާފައި ޖާގަ ދެވޭނެއެވެ.
ޓިވެޓް ކޯސް ލެވެލް 4އަށް ވަނުމުގެ ޝަރުތުތައް:
- ދަސްވާރުން ލެވެލް 3 ގެ ފާހެއް ލިބިފައިވުން، ނުވަތަ
- އައި.ޖީ.ސީ.އެސް.ސީ، ޖީ.ސީ.އީ އޯ-ލެވެލް އިމްތިޙާނާއި އެސް.އެސް.ސީ. އިމްތިޙާނުގެ ކޮންމެވެސް އެއް މާއްދާއަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
މަތީ ޘާނަވީ ތަޢުލީމުގެ މަރުޙަލާއަށް ދަރިވަރުން ވަނުމަށް އިތުރަށްބަލާ ޝަރުތުތައް:
- ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދާ ޚިލާފުވެފައިވާ، ނުވަތަ ޝަރުޢީ މައްސަލައެއްގައި ޙުކުމެއް އިއްވާފައިވާ ކުއްޖެއްކަމުގައި ނުވުން.
- ހިނގަމުންދާ އަހަރުގެ 01 މާރިޗަށް 19 އަހަރު ފުރިފައި ނުވުން.
- އަޚްލާޤު ރަނގަޅު ކުއްޖެއްކަމުގައިވުން
2023ވަނަ އަހަރު މިސްކޫލްގެ ގްރޭޑް 11 އަށް ކުދިން ވެއްދުމަށް ކަނޑައެޅިފައިވަނީ 170ޖާގައެވެ. މި ސްކޫލަށް ވަނުމަށް ހުށަހަޅާފައިވާ، ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ސްކޫލުން ޖާގަ ދެވެން ނެތްނަމަ، ފުރުސަތު ދެވޭނީ ސްކޫލުގައި ޖާގަ އޮތް މިންވަރަށް ބަލައި، ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ދަރިވަރުންނަށެވެ.
2023-2024 ދިރާސީ އަހަރު، އައްޑޫހައި ސްކޫލްގެ ގްރޭޑް 11އަށް ކުދިން ވެއްދުމަށް އެދޭ އެޕްލިކޭޝަން ފޯމް މި ސްކޫލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.
ފޯމާ އެކު ހުށަހަޅަންޖެހޭ ތަކެތި:
- ޖީ.ސީ.އީ، އައި.ޖީ.ސީ.އެސް.އީ ނުވަތަ ޕިއާރސަން ބީޓެކް އިންޓަރނޭޝަނަލް ލެވެލް 2 އަދި އެސް.އެސް.ސީ ނަތީޖާގެ ކޮޕީ
- ސްކޫލް ލީވިންގ ސެޓްފިކެޓް
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ޕާސްޕޯޓް ސައިޒް ފޮޓޯ
ފޯމް ބަލައިގަތުން:
ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އަށް ސްކޫލް ރިސެޕްޝަނުން ފޯމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.
އޮންލައިންކޮށް ފޯމް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމް ސްކޫލްގެ އޮފިޝަލް ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ.
ފޯމް ފުރުމުގެ ކުރިން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ސްކޫލުގެ އޮފީހުގެ އިދާރާއިން މަޢޫލޫމާތު ސާފުކުރެއްވުމުގެ ފުރުސަތު ހުޅުވިފައިވާ ވާހަކަ ދެންނެވީމެވެ.
އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު މަތީގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއެކު ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 24 އޮގަސްޓް 2023އެވެ.
މަތީގައި ދެންނެވިފައިވާގޮތުގެ މަތިން ސްކޫލަށް ވަންނަން އެދޭ ދަރިވަރުންނަށް ފުރުޞަތު ހުޅުވުފައިވާ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.