ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)179-4.2/1/2015/7
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 15:23
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސެކިއުރިޓީޒް ގަނެވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތްތައް ތަމްސީލު ކުރުމުގެ ލައިސަންސް ބާޠިލުކުރުން

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު (2/2006) ގެ 29 ވަނަ މާއްދާގެ ދަށުން، އަލްފާޟިލް ޢަބްދުލް މާޖިދު ތައުފީޤު (A062885 / ޗާނދަނީހުޅަނގުގެ، ގއ. ކޮލަމާފުށި) އަށް ދޫކޮށްފައިވާ ސެކިއުރިޓީޒް ގަނެވިއްކައިދިނުމުގެ ވިޔަފާރި ކުރާ ފަރާތްތައް ތަމްސީލު ކުރުމުގެ ލައިސަންސްގެ (ނަންބަރު: CMDA/2013/BL-17) މުއްދަތު ހަމަވުމާ ގުޅިގެން، 07 ފެބުރުވަރީ 2015 އިން ފެށިގެން ބާޠިލުކޮށްފައިވާކަން އެންމެހާ އިންވެސްޓަރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިފަރާތް މެދުވެރިކޮށް، ހިއްސާގެ ބާޒާރުގައި ހިއްސާގެ އެއްވެސް މުޢާމަލާތެއް ނުކުރުމަށް، އަންގައި އިޢުލާނު ކުރަމެވެ.

21 ރަބީޢުލްއާޚިރު 1436

11 ފެބުރުވަރީ 2015