ކުއްޔަށް ހިފުން
ނަންބަރު: WAMCO-PRO/IUL/2023/085
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 18:48
ސުންގަޑި: 13 އޮގަސްޓް 2023 11:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓްޑަށް ކ.ވިލިގިލިއިން އެޕާޓްމަންޓެއް ކުއްޔަށް ހިފުމަށް

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

އިއުލާން ނަންބަރު:WAMCO-PRO/IUL/2023/085

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓްޑަށް ކ.ވިލިގިލިއިން އެޕާޓްމަންޓެއް ކުއްޔަށް ހިފުމަށް

މިކޯޕަރޭޝަނުގެ ސަޕޯޓް ސްޓާފުން ބޭތިއްބުމަށް އެޕާޓްމަންޓްއެއްކުއްޔަށް ހިފުމަށް ކުރެވުނު އިއުލާން ނަމްބަރު WAMCO-PRO-IUL-080 އަށް އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީވެ އަލުން އިއުލާން ކުރަމެވެ. ވީމާ، މި ކަމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީހުގެ ކުރިން މިކުންފުނީގެ ހެޑްއޮފީހަށް ހުށައެޅުއްވަންވާނެއެވެ.  ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާންކުރައްވާފައިވާ ފަދައިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.  މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.

 

 

ތާރީޙު

ގަޑި

ތަން

ބިޑް ހުށައެޅުން

13 އޮގަސްޓް 2023

11:00

މާލޭ އިންޑަސްޓްރިއަލް ވިލްޖުގައި ހުންނަ ވެމްކޯގެ އޮފީސް

13 އޮގަސްޓް 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00ގެ ފަހުން ލިބޭ އެއްވެސް ޕްރޮޕޯސަލްއެއް ބަލައެއް ނުގަނެވޭނެއެވެ.

ބިޑް ހުށައަޅުއްވާއިރު އިޢުލާންގައިވާ ނުކުތާތަކަށް އިސްކަންދީ މަޢުލޫމާތުތައް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ. 

 

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ތިންވަނަ ފަންގިފިލާ

މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.

ޕޯސްޓަލްކޯޑް:20161

ފޯން ނަންބަރު: 3025804   ފެކްސް ނަންބަރު:  3000584 

[email protected]

[email protected]

08 އޮގަސްޓް 2023

08 އޮގަސްޓް 2023