ދިވެހިރާއްޖެ
އިޢުލާން
ފަޔަރަވޯލް ލައިސަސް ގަތުން
މި ބިއުރޯއަށް ފަޔަރވޯލް ލައިސަންސް ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)457-AS/1/2023/34 ( 7 އޯގަސްޓް 2023 ) އިޢުލާންގެ ބައެއް މައުލޫމާތު ބަދަލުވެފައިވާތީވެ، މިއިއުލާން ބާތިލްކޮށް އަލުން ބީލަން ހުށަހެޅުމަށް ދައުވަތު އަރުވަމެވެ. މިމަސައްކަތަށް ކޮށްދެއްވުމަށް ކުރިމަތިލެވޭނީ ފަޔަރވޯލް ލައިސަންސް ވިއްކާ، އޮތޮރައިސްޑް ރީސެލަރއިންނަށް އެކަންޏެވެ.
ވީމާ، މަސައްކަތްކޮށްދެއްވުމަށް ޝައުގެވެރިވެލައްވާ ފަރާތްތަކުން 2023 އޯގަސްޓް މަހުގެ 14 ވަނަ ދުވަހުގެ 13:30 އަށް މިބިއުރޯ ހިނގަމުންދާ އިމާރާތް " ދާރުލް އީމާން ބިލްޑިންގ" ގެ 8 ވަނަ ފަންގެފިލާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމާއިބެހޭ މައުލޫމާތު ކަރުދާސް މިއިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމަޢުލޫމާތު މިބިއުރޯގެ ވެބްސައިޓް http://www.statisticsmaldives.gov.mv އިންވެސް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. ބީލަމްގައި ބައިވެރިވާ ފަރާތްތަކުން 2023 އޯގަސްޓް މަހުގެ 13 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބީލަމްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލްކުރައްވައި ރަޖިސްޓްރިވިކަން ޔަގީން ކުރަންވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
މިބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު. 3008400 އަށް ގުޅުއްވުން އެދެމެވެ.
21 މުޙައްރަމް 1444
8 އޯގަސްޓް 2023