ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS-56-D/GS-56/2023/33
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި:
17 އޮގަސްޓް 2023 11:00
ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތުޅާދޫ ސްކޫލަށް 5 ކޮމްޕިއުޓަރ ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
- މި ސްކޫލަށް ބޭނުންވާ 5 ކޮމްޕިއުޓަރ ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 2023 ޖުލައި 18ގައި ކުރެވުނު އިއުލާން ނަންބަރު: (IUL)GS-56-D/GS-56/2023/29 އަށް ހުށައަޅާފައިވާ އަންދާސީ ހިސާބުތަކަކީ މި މަސައްކަތަށް އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގުތަކެއްކަމަށްވަތީ މި އިއުލާން ބާތިލްކޮށް މިކަމަށް އަލުން އިއުލާންކުރަމެވެ.
- މި ސްކޫލަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމްތައް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި ހޯދަން ބޭނުންވާ ތަކެތީގެ އަދަދާއި ސްޕެސިފިކޭޝަން ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 އޯގަސްޓް 08 ން 2023 އޯގަސްޓް 14 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.
ލިންކް: https://forms.gle/pKQoVXUR273PeHW56
- ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އެކަންޏެވެ.
- މި މަސައްކަތާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވެލައްވާނަމަ 2023 އޯގަސްޓް 16 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2023 އޯގަސްޓް 17 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ތުޅާދޫސްކޫލް މީޓިންގ ރޫމުގައެވެ. ބިޑް ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ބިޑް ހުށަހަޅުއްވަން ދުރުވާނަމަ، ބިޑް ހުށަހަޅުއްވަނީ ކޮންފަރާތެއްކަން ބަޔާންކޮށް ވެރިފަރާތުގެ ސިޓީއަކާއިއެކު، ވަޑައިގަތުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތުޅާދޫ ސްކޫލް
ބ. ތުޅާދޫ، ދިވެހިރާއްޖެ.
ފޯން: 6600136/7967371
އީ-މެއިލް: [email protected]
21 މުޙައްރަމް 1445
08 އޮގަސްޓް 2023