ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MPL-PRC/TND/2015/002
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 04 މާރިޗު 2015 14:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވެހިކަލްތަކެއް ގަތުމަށް

މި ކުންފުނީގެ ބޭނުމަށް ވެހިކަލްތަކެއް ގަތުމަށް ބޭނުންވެއެވެ. ވީމާ, މި ވެހިކަލްތައް ވިއްކަވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް މި ބީލަމުގެ ބީލަން ފޮތްތައް 18 ފެބުރުވަރީ 2015 އިން 03 މާރިޗު 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 15:30 އަށް މި ކުންފުނީގެ ފައިސާ ބަލައިގަންނަ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. ބީލަން ފޮތެއްގެ އަގަކީ USD 100.00 (އެއް ސަތޭކަ ޔޫ.އެސް. ޑޮލަރު) އެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތުގެ ސޮފްޓްކޮޕީ ލިބިވަޑައިގަންނަވާނެއެވެ.

ބީލަމުގެ ޝަރުޠުތައް:

ބީލަން ހުށަހަޅާ ފަރާތަކީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ދިވެހި ސަރުކާރުގެ ނުވަތަ އަމިއްލަ ކުންފުނިތަކުގެ ޕްރޮޖެކްޓްތަކަށް މަސައްކަތްކޮށްފައިވާ ފަރާތްތަކަށް ވާންވާނެއެވެ. އެހެންކަމުން މިކަމަށް ހެކިދޭ ލިޔެކިޔުންތަކަށް އިވެލުއޭޓް ކުރުމުގައި ބެލޭނެއެވެ.

ވެހިކަލް ގެ ބާވަތް (ކެޓެގަރީ)

ތަފުސީލު

ފޯކްލިފްޓް

35 – 40 ޓަނުގެ 1 ފޯކްލިފްޓް އަދި 4.5 – 5 ޓަނުގެ 6 ފޯކްލިފްޓް

މޯބައިލް ކްރޭން

35 ޓަނުގެ 2 މޯބައިލް ކްރޭން

ބާޖް ހެންޑްލަރ

45 ޓަނުގެ 2 ބާޖް ހެންޑްލަރ

ރީޗް ސްޓެކަރ

45 ޓަނުގެ 2 ރީޗް ސްޓެކަރ

ލޯބެޑް ޓްރެއިލަރ

40 ފޫޓުގެ 1 ލޯބެޑް ޓްރެއިލަރ

ޓަރމިނަލް ޓްރެކްޓަރ (ޕަވަރ ހެޑް)

1  ޓަރމިނަލް ޓްރެކްޓަރ (ޕަވަރ ހެޑް)

މަތީގައި ބަޔާން ކުރެވިފައިވާ ކޮންމެ ކެޓެގަރީއެއްގެ ވެހިކަލްތަކަށްް ވަކިން އަގު ހުށަހެޅުއްވޭނެއެވެ. އަދި ބީލަން ހުށަހަޅާ ފަރާތްތަކުން، ކޮންމެ ބާވަތެއްގެ ވެހިކަލަކަށް ވަކިން ބިޑް ސެކިއުރިޓީގެ ގޮތުގައި -/25000ރ. ބަހައްޓަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

04 މާރިޗު 2015 ވާ ބުދަ ދުވަހުގެ 14:00 އަށް

11 މާރިޗު 2015 ވާ ބުދަ ދުވަހުގެ 14:00 އަށް

ބީލަން ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބިޑް ހުށަހަޅުއްވާނީ ތިރީގައިވާ އެޑްރެހަށެވެ.

Procurement & Inventory Department

Maldives Ports Limited

MPL Building,

Boduthakurufaanu Magu,

Male’

Republic of Maldives

26 ރަބީޢުލްއާޚިރު 1436

16 ފެބުރުވަރީ 2015