ދިވެހިރާއްޖެ
އެމް.ޓީ.ސީ.ސީ ބަސް ސްޓޭޝަން އަދި އޮފީސް އިމާރާތްކުރުމަށް، މިރަށު މަގުހަދާ ސައިޓާއި ޖެހިގެން، ބޮޑުތަކުރުފާނުމަގުގެ ހުޅަނގަށް އޮތް ބިން ހުސްކުރުމަށް ބޭނުންވާތީ، އެބިމުގައި ހުރި ރުއްތަކުގެ ބަދަލުމައްސަލަ ނިންމުމަށްޓަކައި ރުއްގަހުގެ ވެރިން ހޯދުމަށް، އެ ރުއްތަކުގައި މިހާރުވާނީ ނޫކުލައިގެ ދަވާދުން، 01 އިން 07 އަށް، (ހިސާބް އަކުރުން) ނަންބަރު ޖަހާފައެވެ.
ވީމާ، މަތީގައި ބަޔާންކޮށްފައިވާ ރުއްތަކުގެ ވެރިން، އެރުއްތަކުގައިވާ ނަންބަރު ނޯޓްކޮށް، "ރުއްގަހުގެ ބަދަލު މައްސަލަ ނިންމުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު، 14 އޮގަސްޓް 2023 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން މި ކައުންސިލަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. އެބިމުގައި ހުރި ނަގައިގެން ގެންދެވޭފަދަ ރުއްގަހާއި، ތަކެތި އެމުއްދަތުގެ ތެރޭގައި ނެންގެވުމަށް ދަންނަވަމެވެ. ދަންނަވާފައިވާ ތާރީޚުގެ ތެރޭގައި ނުނަންގަވައި ހުންނަ ތަކެތި ނައްތާލެވޭނެއެވެ. އަދި އެ މުއްދަތުގެ ފަހުން، ރުއްގަހުގެ ބަދަލުހޯދުމަށްއެދި ހުށައަޅާ ފޯމްތަކަށް ބަދަލުދެވޭނީ ޝަރުޢީ ކޯޓެއް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ.
"ރުއްގަހުގެ ބަދަލު މައްސަލަ ނިންމުމަށް އެދޭ ފޯމް" ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް މި ކައުންސިލްގެ ކައުންޓަރ އިން ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.
» ސަފްޙާ ނަންބަރ -01 « |