މަސައްކަތް
ނަންބަރު: (IUL)283-BF/283/2023/58
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 16 އޮގަސްޓް 2023 13:00
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގުދަން ޢިމާރާތްކުރުން

މިކައުންސިލްގެ ނަމްބަރ (IUL)283-BF/283/2023/48 (05 ޖުލައި 2023) އިޢުލާނާއި ގުޅިގެން ހުށައެޅުނު ބީލަން ފުރިހަމަ ނުވާކަމަށް ބިޑްކޮމިޓީއިން ނިންމާފައިވާތީ އެހުށައެޅުން ބާތިލުކުރުމަށްފަހު، މި ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، މިކައުންސިލްގެ ގޯތިތެރޭގައި ގުދަނެއް އިމާރާތްކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 13 އޮގަސްޓް 2023 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16  އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށްދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަދި  ބަދަލުގައި އެހެންފަރާތެއް ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިފަރާތެއްކަން އެނގޭނެ ލިޔުމެއް ހުށައެޅުއްވުން އެދެމެވެ.

08 އޮގަސްޓް 2023