ދިވެހިރާއްޖެ
އިޢުލާން
އައްޑޫސިޓީގައި ކުރިއަށް ގެންދާ "ގެސްޓޮރޮނޮމީ ޓްރެއިނިންގ ޕޮރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
މިނިސްޓްރީ އޮފް ޓޫރިޒަމްއާއި އައްޑޫސިޓީ ކައުންސިލްއާއި ގުޅިގެން، އައްޑޫގައި ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން "ގެސްޓޮރޮނޮމީ ޓްރެއިނިންގ ޕޮރޮގްރާމް" ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް، 2023 އޮގަސްޓް 11 އަދި 12 ވަނަ ދުވަހު ހިތަދޫ ގައި ހުންނަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، ފަތުރުވެރިކަމާއި ގުޅުންހުރި ވިޔާފާރިތަކާއި، ގެސްޓްހައުސް އަދި ހޯމްސްޓޭ ޓޫރިޒަމް ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވިފައިވާ ވާހަކަ ދަންނަވަމެވެ. މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެވެލައްވާ ފަރާތްތައް، 10 އޮގަސްޓް 2023 ދުވަހުގެ 12:00 ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ފޯމު ފުރިހަމަ ކުރެއްވުން އެދެމެވެ.
21 މުޙައްރަމު 1445
08 އޮގަސްޓް 2023